މަސައްކަތް
ނަންބަރު: (IUL)362/362/2024/10
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 21 ފެބުރުވަރީ 2024 11:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތު ފެންޑާގައި ހަރުކުރާނެ އެލްމިނިއަމް ދޮރުޖަހައި ރަށަށް ގެނަސްދޭނެ ފަރާތެއް ހޯދުން.

                                                     ނަމްބަރ: (IUL)362/362/2024/10

 

އިޢުލާނު

 

މ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތު ފެންޑާގައި ހަރުކުރާނެ އެލްމެނިއަމް ދޮރުޖަހައި ރަށަށްގެނަސްދޭނެ ފަރާތެއް ހޯދުން.

މި އިދާރާގެ ނަންބަރު: (IUL)362/362/2024/3 އިޢުލާނާއި ގުޅިގެން 1 ފަރާތުން ބިޑް ހުށަހަޅާފައިވާތީ، މި ބިޑަކީ ވާދަވެރި ބިޑަކަށް ހެދުމުގެ ގޮތުން އެއިޢުލާނު ބާތިލްކޮށް، މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށްމ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތު ފެންޑާގައި ހަރުކުރާނެ އެލުމެނިއަމް ކުޑަދޮރު ޖަހައި ރަށަށް ގެނަސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމައްއެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

            މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 11 ފެބްރުވަރީ 2024 ވަނަދުވަހު 10:00 ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ. އީމެއިލް މެދިވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން އީމެއިލް ކުރާނީ މިއިދާރާގެ [email protected] އަށެވެ.

             އަންދާސީ ހިސާބު ހުށަހަޅާނީ 21 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށްހާޒިރުވެ އެކަމަށްކަނޑައެޅިފައިވާ ބައްދަލްވުމުގައެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު ގެޒެޓް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ހާޟިރުވެގެންނެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު (2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެ އަސްލު ގެންނަން ވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީގެ އިތުރަށް ވެރިފަރާތުގެ ސިޓީއަކާ ބަދަލުގައި ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ގެ އަސްލު ގެންނަންވާނެއެވެ.

                              19 ރަޖަބު 1445

                              30 ޖަނަވަރީ 2024

30 ޖަނަވަރީ 2024