މަސައްކަތް
ނަންބަރު: (IUL)195-A/195/2024/6
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 06 ފެބުރުވަރީ 2024 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

"ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން  އައްޔަނު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހަދަންޖެހޭ ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ މި ކޮމިޝަންގެ (IUL)195-A/195/2024/2 (17 ޖަނަވަރީ 2024) ނަންބަރު އިޢުލާނުގެ ސުންގަޑި ހަމަވިއިރު ޝައުޤުވެރިކަން ފާޅު ކުރެއްވި ފަރާތްތަކުގެ ޢަދަދު މަދުކަމުން މި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ބަޔާންކުރާ ޑޮކިއުމަންޓް ތަކާއެކު، ސިޓީއަކުން 06 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މި ކޮމިޝަންގެ އިދާރާ (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯރ / މެދުޒިޔާރަތްމަގު) އަށް ހުށަހެޅުމަށް ދަންނަވަމެވެ. ނުވަތަ މި ކޮމިޝަންގެ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މިކޮމިޝަނުން ކުރި ނަންބަރ (IUL)195-A/195/2024/2 (17 ޖަނަވަރީ 2024) އިޢުލާނާ ގުޅިގެން އެޕްލައި ކުރެއްވި ފަރާތްތަކުން އިތުރު ޑޮކިއުމަންޓެއް ހުށަހަޅަން ބޭނުންކަމުގައި ނުވާނަމަ އަލުން އެޕްލައި ކުރަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 01 ފެބްރުވަރީ 2024 ވާ ބުރާސްފަތި  ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

19 ރަޖަބު 1445

30 ޖަނަވަރީ 2024