ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2015/57
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 20 އޭޕްރިލް 2015 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

އަސާސީ މުސާރަ:

4465.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ލިވިންގ އެލަވަންސް: 2700.00 ރުފިޔާ

- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

 

އަސާސީ ޝަރުޠު:

- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރާއި  ޤާބިލްކަން  އިންޓަވިއުގައި  ސާބިތުކޮށްދިނުމާއެކު،  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ   ފެންވަރު   ބެލުމުގެ   ނިޒާމުން   ވަޒީފާގެ   ކުރިއެރުން   ޙައްޤުވާ  މާކުހެއް  ލިބެމުން ދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

-  މެޖިސްޓްރޭޓް ކޯޓުތަކުން ބަޔާން ނަގައިދިނުމަށް އެދި ފޮނުވާ ސިޓީތަކާއި މެސެޖްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 

 

 

 

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން (www.familycourt.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

20 އެޕްރީލް 2015 ގެ 14:30 ކުރިން.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލުގައި، މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

13 ޖުމާދަލްއާޚިރާ 1436

 

02 އޭޕްރިލް 2015