މަޤާމުގެ ނަން: މަސައްކަތު
|
މުސާރަ: 3،470.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1،000.00 ރުފިޔާ
|
ރޭންކް: އެސް.އެސް 2
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް
|
ޝަރުޠު:
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- އޮފީސްތެރެ ފޮޅާ ސާފުކުރުން.
- ކޮންމެ ދުވަހަކު އިމާރާތުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން.
- ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާ ދޮވެ ސާފުކުރުން.
- ކޮންމެ ދުވަހަކު އޮފީހުގެ ގޮނޑި، މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.
|
ނޯޓް:
- މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
- މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.
- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
- ސުންގަޑި: 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވެބް ސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް
|