ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2024/7
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 08 ފެބުރުވަރީ 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިން ހޯދުމާގުޅޭ

                މި ރަށު އިރުމަތީ ބީޗް ސަރަޙައްދުގައި  ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ 7 ދިވެހި ރުއް، ރުކުގެ ވެރިފަރާތަށް ބަދަލު ދިނުމަށްފަހު އެ ރުއްތައް ކައުންސިލަށް ނެގުމަށް ބޭނުންވެއެވެ.

                މި ރުއްތައް ކައުންސިލަށް ނެގުމަށް ބޭނުންވަނީ ކައުންސިލުން ނިންމައިގެން އެ ސަރަޙައްދުގައި ތަރައްޤީކުރާ ޕާރކް، ފިނިމައިޒާންތަކަށް ދަތިވާތީ، އެ ދަތިތައް ފިލުވުމަށެވެ.

                ވީމާ، އިސްވެދެންނެވުނު ސަރަޙައްދުގައި ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއްގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއްގެ ނަންބަރު އެނގޭގޮތަށް 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2024