ބީލަން
ނަންބަރު: (IUL)247-CA/247/2024/11
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:48
ސުންގަޑި: 07 ފެބުރުވަރީ 2024 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭ ސެޓްތައް ހޯދުމާ ބެހޭ

އިޢްލާން

          ހޯރަފުށީ ސިއްދީޤް މިސްކިތް ކައިރީގައިވާ ހުސްބިމުގައި ހޯރަފުށީ ކައުންސިލުން ތައްރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭ ސެޓްތައް، ހޯރަފުށީ ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ގަނެ، ސަޕްލައިކޮށް، އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވައިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

          މި ބީލަމުގައި ރަޖިސްޓްރީވުމަށް 2024 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން 2024 ފެބްރުވަރީ 7 ވާ ބުދަ ދުވަހުގެ 13:00 އާ ދެމެދު ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމާތު

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު:

ބިލަމުގެ ނަން އަދި އިޢުލާން ނަންބަރު:

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

          އަންދާސީހިސާބު ހުށަހަޅުއްވާނީ 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 13:00  ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލަށް ދުރުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބިޑްބަލައި ގަނެވޭނީ އެކަން ބަޔާންކޮށް ހާޟިރުވާ ފަރާތުގެ އައި،ޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވައިފައި ވާނަމައެވެ. ހުށަހަޅައި ބީލަންތައް ހުޅުވާނީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

ބީލަން ފޮތުގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭ ސެޓްތައް ހޯދުން

އިޢުލާނު ނަންބަރު: (IUL)247-CA/247/2024/11:

ބީލަން ހުށަހަޅާ ތާރީޚް އަދި ސުންގަޑި: 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 13:00

ހުށަހަޅާފަރާތުގެ ނަން، ސްޓޭމްޕް އަދި ގުޅޭނެ ފޯނު ނަންބަރު

                        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

     17 ރަޖަބް   1445   

29 ޖަނަވަރީ 2024