މަސައްކަތް
ނަންބަރު: H/IUL/2024/26
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 01 ފެބުރުވަރީ 2024 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ސީފްރެއިޓްކޮށް ގެންނަ ޝިޕްމަންޓުތައް ކްލިއަރ ކުރުމުގެ ގޮތުން އެމް.ޕީ.އެލް ތެރެއިން ކުރަންޖެހޭ މަސައްކަތްތައްކޮށް ،މިކުންފުނިން ހަމަޖައްސާ ވެހިކަލްތަކަށް މުދާ ލޯޑުކޮށް އަދި ސައިޓަށް އަންލޯޑު ކުރުމުގެ މަސައްކަތް 1 އަހަރުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ބެހޭ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                        

                                                                                                                   ނަންބަރ: H/IUL/2024/­26

 

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުންޏަށް ސީފްރެއިޓްކޮށް ގެންނަ ޝިޕްމަންޓުތައް ކްލިއަރ ކުރުމުގެ ގޮތުން އެމް.ޕީ.އެލް ތެރެއިން ކުރަންޖެހޭ މަސައްކަތްތައްކޮށް ،މިކުންފުނިން ހަމަޖައްސާ ވެހިކަލްތަކަށް މުދާ ލޯޑުކޮށް އަދި ސައިޓަށް އަންލޯޑު ކުރުމުގެ މަސައްކަތް 1 އަހަރުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން  2024 ފެބުރުވަރީ 01  ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

 

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

 

އަގަށް: 85 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×85

ތަޖުރިބާ: 15 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

 

       

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H/IUL/2024/­26

 

ބިޑް ހުޅުވުން:

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބުރުވަރީ 06ވާ (އަންގާރަ) ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

 

 

                               17 ރަޖަބު 1445 

                               29 ޖަނަވަރީ 2024  

 

 

 

 

 

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338472 / 3338125 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ. 
 

 

29 ޖަނަވަރީ 2024