ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2024/27
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 04 ފެބުރުވަރީ 2024 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުސޫލުން 1 އަހަރަށް) /ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ - ސ.ހިތަދޫ

މަޤާމް :Dheenee Facilitator
ބޭނުންވާ އަދަދު :1

މަގާމު

ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުސޫލުން 1 އަހަރަށް)

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

ކްލާސް ހިންގާ ގަޑިއިރަކަށް އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން، މިއެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ / ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ސ.ހިތަދޫ)

ތަޢުލީމާއި ތަޖުރިބާ:

  1. މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
  3. މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކުހެއް ލިބިފައިވާ މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އިސްލާމް ދީނުގެ ރުކުންތަކުގެ މުޙިންމުކަން
  2. އިސްލާމީ ޝަރީޢާތް
  3. އަޅުކަންކުރުމާއި ޒިކުރު ކުރުން
  4. އިސްލާމްކަމާއި އީމާންކަން / އިސްލާމްދީނުގެ ލުއި ފަސޭހަކަން
  5. އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަން
  6. އިސްލާމީ ނަޒަރަކުން ކުރޭވިންގ މެނޭޖްމަންޓް
  7. ތަޢުބާވުމާއި މާފްކުރުން
  8. ޢާއިލާގެ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާ)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސަނަދެއްނަމަ އެކްރެޑިޓް ކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 04 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން[email protected]އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

 

                މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3039016 އެވެ.

                              18 ރަޖަބު 1445

                              29 ޖަނަވަރީ 2024

29 ޖަނަވަރީ 2024