މަސައްކަތް
ނަންބަރު: IL/2024/6712
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 06 ފެބުރުވަރީ 2024 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރުފިޔާގެ ނޫޓު ލުމަށް ފޯލްޑަރ ފައިލް، ލޫސް ލީފް ޕޮކެޓް އަދި އަލްބަމް ޕްރިންޓްކޮށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

     މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، ދިވެހިރުފިޔާގެ ނޫޓު ލުމަށް ފޯލްޑަރ ފައިލް، ލޫސް ލީފް ޕޮކެޓް އަދި އަލްބަމް ޕްރިންޓްކޮށްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ވާ ތާވަލްއާ އެއްގޮތަށް މިއޮތޯރިޓީއަށް ހާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

04 ފެބުރުވަރީ 2024

އާދީއްތަ

11:00

އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި

06 ފެބުރުވަރީ 2024

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

11 ފެބުރުވަރީ 2024

އާދީއްތަ

11:00

 

     މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓިއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި ބީލަމުގެ އާރްއެފްޕީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.  

29 ޖަނަވަރީ 2024