ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-CBF/309/2024/13
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:29
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އާންމު ސާފުތާހިރުކަމާއި، މެދު މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގުޅޭ

     މިހާރަކަށް އައިސް ބައެއްފަރާތްތަކުން ބަނދަރުގެ ދުވާރު މައްޗަށް މަސްބާނައިގެން އައިސް މަސްބޭލުމަށްފަހު ސާފުނުކޮށް ބެހެއްޓުމުގެ ސަބަބުން ލޭތައް ކުނިވެ ސަރަހައްދުގެ ވަސްނުބައިވެ މެހި މާބުރު ފަދަތަކެތި ބުރާ އެކަމުގެ އުނދަގޫ ރައްޔެތުންނަށްވެ، އެޝަކުވާތައް މިއިދާރާއަށް ދަނީ ލިބެމުންނެވެ.

     ދަންނަވަމެވެ. ދުވާރު މައްޗަށް މަސްބާލާ ފަރާތްތަކުން ސަތަރިއަޅާ ސަތަރިމައްޗަށް މަސްބޭލުމަށާއި އެކަން ނިމުމަށްފަހު ބޭނުންކުރާ ސަރަހައްދު ވީހާވެސް ބޮޑަށް ސާފުކޮށް އާންމުންނަށް އެކަމުގެ އުނދަގޫ ނުވާނޭގޮތުގެ މަތިން ބޭއްވުމަށް އަންގާ، ހަނދާންކޮށްދެމެވެ.

     އެނގިވަޑައިގަންނަވާނެ ފަދައިން ރަށުގައި ތަފާތު ވައްތަރުގެ ރޯގާތައް އާންމުވުމަކީ މިހާރު ދާއިމީ ކަމަކަށްވެފައިވާހިނދު މިފަދަ ކަންކަމުން އަމިއްލަ ނަފުސާއި އެހެންމީހުން ސަލާމަތްވެ ރައްކާތެރި ކުރުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންތައްތައް ކުރެއްވުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ހައްދަވާ މިފަދަ ނޭއްގާނީ ޢަމަލުތަކުން ސަލާމަތްވެ ތިބުމަށް އެންމެހާ ފަރާތްތަކަށް އަންގާ އިލްތިމާސްކުރަމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔެތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރު ލެއްވުމަށްޓަކައި ޝުކުރު ދަންނަވަމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 ޖަނަވަރީ 2024