މަސައްކަތް
ނަންބަރު: 153-FA/2015/05
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 09 އޭޕްރިލް 2015 12:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސަބްޖެކްޓު އައުޓްލައިން އެކުލަވައިލުން

" ބެޗްލަރ އޮފް އާޓްސް އިން ވިޜުއަލް އާޓްސް" ކޯހުގެ ސަބްޖެކްޓު އައުޓްލައިން އެކުލަވައިލުން

މި ފެކަލްޓީގައި ހިންގަމުންގެންދާ " ބެޗްލަރ އޮފް އާޓްސް އިން ވިޜުއަލް އާޓްސް " ކޯހުގައި ކިޔަވައިދިނުމަށްޓަކައި ތިރީގައިވާ ޔުނިޓް އައުޓްލައިންތައް ލިޔުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ އައުޓްލައިނަކަށް -/7500ރ (ހަތްހާސް ފަސްސަތޭކަ) ރުފިޔާއެވެ.

- ޑްރޯވިން ޕްރޮޑަކްޝަން

- 3D ސްޓޫޑިއޯ އާރޓް

- 2D ސްޓޫޑިއޯ ޑްރޯވިން

- އެޑްވާންސްޑް ޕެއިންޓިން

- ޑްރޯވިން އިން މޯޝަން

- އެޑްވާންސްޑް ގްރެފިކް ޑިޒައިން

- އިންޓްރޮޑަކްޝަން ޓު ޑިޒައިން ސޮފްޓްވެއަރ

- އެޑްވާންސްޑް ފޮޓޯގްރަފީ

- ޑިޖިޓަލް ޝޯޓްފިލްމް މޭކިން

- ޑިޖިޓަލް ސްޓޫޑިއޯ އާރޓް

ވީމާ، މިއަގަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައިމިވާ ގަޑިއަށް މި ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައަޅާފައިވާ ގަޑިއަށް، ސީ.ވީ އާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެދިވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވާނީ މަތީގައި ބަޔާންކޮށްފައިވާ ކޯހާގުޅޭ ދާއިރާއަކުން ޕީ. އެޗް .ޑީ، މާސްޓަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ފަރާތްތަކުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވޭނެއެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

9 އެޕްރީލް 2015

12:00

އަންދާސީހިސާބު ހުށަހެޅުއްވުން

13 އެޕްރީލް 2015

14:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015