ދިވެހިރާއްޖެ
ގއ. ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
ތަޢާރަފާއި ނަން |
(ހ) |
މިއުސޫލަކީ ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ އިޚްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުން ނިންމާފައިވާތީ، ގާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިޢާޔަތްކޮށް އެކުލަވައިލައިފައިވާ އުސޫލެކެވެ. |
|
|
|
(ށ) |
މި އުސޫލަށް ކިޔަނީ "ގއ. ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު. އެވެ. |
މަޤްސަދު |
2. |
(ހ) |
މި އުސޫލުގެ މަޤުޞަދަކީ، ގއ. ކޮނޑޭގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުގެ ތެރެއިން ދިރިއުޅުމަށްޓަކައި ދޫކުރަން ހަމަޖެހިފައިވާ ގޯތި ދޫކުރުމުގައި ޢަމަލުކުރެވޭނޭ އުސޫލުތަކާއި ގޯއްޗަށް އެދޭ ފަރާތްތަކުން ފުރިހަމަކުރާން ޖެހޭ އިޖުރާޢަތްތައް ބަޔާންކުރުމެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު މަޤުސަދުގެ އިތުރުން، މި އުސޫލުގެ މަޤުސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހާސިލުކުރުން ހިމެނެއެވެ.
|
|
|
|
ވިލަރެސްކުރާ ކޮމިޓީ |
ވިލަރެސްކުރާ ކޮމިޓީ |
3. |
|
މި އުސޫލުގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، 10 (ދިހައެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވިލަރެސްކުރާ ކޮމެޓީއެއް އެކުލަވައިލަންވާނެއެވެ. |
ވިލަރެސްކުރާ ކޮމިޓީ އެކުލަވައިލުން |
4. |
(ހ) |
މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމަށްޓަކައި އަންނަނިވި ދާއިރާތައް ތަމްސީލުވާގޮތަށް 10 (ދިހައެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއެއް، މި އުސޫލަށް ޢަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަސްތެރޭގައި އެކުލަވައިލަންވާނެއެވެ.
|
|
|
(ށ) |
ވިލަރެސްކުރާ ކޮމިޓީގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއް ހިމެނޭނަމަ، އެ ފަރާތެއްގެ ބަދަލުގައި ވަގުތީ މެމްބަރެއް ޢައްޔަންކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ވިލަރެސްކުރާ ކޮމިޓީއަށް ޢައްޔަނުކުރާނޭ މެންބަރުން ހޮވުމުގައި ޢަމަލުކުރާނީ، ކައުންސިލުން އެ ކަމަށްޓަކައި ބާއްވާ ބައްދަލުވުމެއް ގައި ފާސްކޮށްފައިވާ ގޮތުގެ މަތިންނެވެ. |
ވިލަރެސް ކުރާ ކޮމިޓީގެ މަސްޢޫލިއްޔަތުތައް |
5. |
|
މި އުސޫލުގެ ދަށުން އެކުލަވައިލެވޭ ވިލަރެސްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ؛
|
|
|
(ހ) |
ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާއި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު، ގޯތި ދިނުމާ ގުޅޭ ގޮތުން ކުރާން ޖެހޭ އެންމެހައި ކަންކަންކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން؛ |
|
|
(ށ) |
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާ ގައިވާ އުސޫލުން ގޯތި ދޭން ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުން؛ |
|
|
(ނ) |
ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ހުށަހެޅުން ބެލުމަށް ފަހު، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑު ގައި ވާ ގޮތުގެ މަތިން، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން؛ |
|
|
(ރ) |
ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކަށް އެ ކަމުގެ ސަބަބާ އެކު ލިޔުމުން ޖަވާބުދާރީވުން؛ |
|
|
(ބ) |
މި އުސޫލު ގައި ވާ ގޮތުގެ މަތިން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނޭ ނިޒާމެއް ޤާއިމްކުރުމާ އެކު، ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުން؛ |
|
|
(ޅ) |
މި އުސޫލު ގައި ބަޔާންކޮށްފައި ނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމުގައި ގޮތް ނިންމުން؛ |
|
|
(ކ) |
މި ނޫނަސް މި އުސޫލު ތަންފީޒުކުރުމުގެ ގޮތުން، ކުރާން ޖެހޭ އެންމެހައި ކަންކަންކުރުން. |
ވިލަރެސްކުރާ ކޮމިޓީގެ އުމުރު |
6. |
|
މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ވިލަރެސްކުރާ ކޮމިޓީގެ ދެމިއޮންނާނީ، ކައުންސިލުން ކޮމެޓީ އުފައްދާ ޤަރާރު ފާސްކުރާ ތާރީޚުން ފެށިގެން މި އުސޫލުގެ ދަށުން ކޮމެޓީއާ މަތިކުރެވޭ މަސްއޫލިއްޔަތުތައް ފުރިހަމަކޮށް، ގޯތި ދޫކުރާން ކަނޑައެޅޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އެ ލިސްޓު ގައި ހިމެނޭ ފަރާތްތަކަށް ހަމަޖެއްސޭ ގޯތި ކަނޑައަޅާން ކުރިއަށް ގެންދެވޭ ގުރުއަތު ނެގުމުގެ ބައްދަލުވުން ނިންމުމަށް ފަހު، ގޯތި އެ ފަރާތްތަކާ ހަވާލުކުރާން ކައުންސިލާ ހަވާލުކުރެވޭ ތާރީޚާ ހަމައަށެވެ. |
|
|
|
ދޫކުރެވޭ ގޯތީގެ ތަފްސީލު |
ގޯތި ދޫކުރަންކަނޑައެޅިފައިވާސަރަޙައްދު |
7. |
(ހ) |
މި އުސޫލު ގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރަން ހަމަޖެހިފައިވާ، ރަށުގެ އެކަމަށްޓަކައި ކަނޑައަޅައިފައިވާ ސަރަޙައްދުން ދޫކުރެވޭ ވަކިވަކި ގޯތިތައް ފާހަގަވާނޭހެން، ގޯތި ދޫކުރުމަށްކުރެވޭ އިޢުލާނުގައި ޗާޓެއް ހިމަނަންވާނެއެވެ. |
|
|
|
ގޯއްޗަށް ކުރިމަތިލުމުގެ މަރުޙަލާ |
ގޯއްޗަށް ކުރިމަތިލާން ހުޅުވައިލުން |
8. |
|
މި އުސޫލުގައިސ ވާގޮތުގެ މަތިން ގޯތި ދޫކުރަން ހަމަޖެހުމުން، ތިރީގައި ވާ ކަންކަން އެނގޭނޭހެން، ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ. |
|
|
(ހ) |
ގޯތި ދޫކުރެވޭ ސަރަޙަސއްދާއި، ދޫކުރެވޭ ގޯތީގެ ޢަދަދާއި ބޮޑުމިން |
|
|
(ށ) |
ގޯއްޗަށް ކުރިމަތިލާއިރު ހުށަޅަންޖެހޭ ފޯމުގެ ނަމޫނާއާއި، ފޯމާ އެކު ހުށަހަޅަންޖެހޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުމުގެ ތަފްޞީލު (ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ލިސްޓް) މި އުޞޫލުގެ ޖަދުވަލު 2 ގައި ހިމެނިފައިވާނެއެވެ. |
|
|
(ނ) |
ގޯއްޗަށް ކުރިމަތިލެވޭނޭ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް |
|
|
(ރ) |
ގޯތި ދޫކުރާއިރު، ވަކި ޝަރުތުތަކަކަށް އެއްބަސްވާންޖެހޭ ނަމަ، އެ ފަދަ ޝަރުތުތަކުގެ ތަފްޞީލު |
|
|
(ބ) |
ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ މިންގަނޑު |
|
|
(ޅ) |
ގޯއްޗަށް ކުރިމަތިލުމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު (ފޯމު ހުށަހަޅަންޖެހޭ ތަނާއި، ވަޤުތާއި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާއި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު) |
ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް |
9. |
|
މި އުޞޫލުގެ 8 ވަނަ މާއްދާގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެދި ހުޅުވާލައި ކުރެވޭ އިޢުލާނުގައި ވާގޮތުގެ މަތިން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާން ވާނެއެވެ. |
|
|
(ހ) |
މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން. |
|
|
(ށ) |
ރާއްޖޭގެ އެއްވެސް ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، އެ މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓްރީވެފައިވާ ނަމަ ނުވަތަ ލިބިފައިވާ ނަމަ މި ފަދަ ބައެއް މި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ލިބޭބައި ދޫކޮށްލަން އެއްބަސްވާކުމުގެ އިޤްރާރު ފޯމާ އެކު ހުށަހަޅަންވާނެއެވެ) |
|
|
(ނ) |
ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން ނުވަތަ ލިބިފައިވާ ފްލެޓް މި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން (އެފަދައިން ފްލެޓް ދޫކޮށްލަން އެއްބަސްވާކުމުގެ އިޤްރާރު ފޯމާ އެކު ހުށަހަޅަންވާނެއެވެ) |
|
|
(ރ) |
ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ ގެއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް، އެމީގެއްގެ ނަމުގައި އޮވެ، މިފަދަ ތަނެއް ދޫކޮށްލައި ނުވަތަ ވިއްކާފައި ވާތާ 02 (ދޭއް) އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައިވުން. |
ގޯތި ނުވަތަ ފްލެޓް ދޫކޮށްލުން |
10. |
(ހ) |
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށް އަމިއްލަ ނުވަތަ ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ލިބިފައިވާ ބައި، ގޯއްޗެއް ލިބިގަތުމުގެ ބޭނުމުގައި، ދޫކޮށްލާނީ ދޫކޮށްލާ ގޯތީގައި އިތުރު ބެހެނިވެރިއެއް ހުރިނަމަ އެ ފަރާތަކަށެވެ. އަދި ދޫކޮށްލާ ގޯތީގެ ބެހެނިވެރިއެއް ނެތް ޙާލަތުގައި ދަޢުލަތަށެވެ. |
|
|
(ށ) |
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތި ލިބޭ ފަރާތާއި ގޯތި ހަވާލުކުރާއިރު، އެ ފަރާތަކަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮތް ބައި ދޫކޮށްލަން އެއްބަސްވެ އިޤުރާރެއްގައި ސޮއިކުރަންވާނެއެވެ. މި ޙާލަތުގައި ތަރިކައިން ލިބެން އޮތް ބައި ދޫކޮށްލާނީ ގޯތީގެ ދެން ތިބި ވާރުތަވެރިންނަށެވެ. ވާރުތަވެރިން ނެތް ނަމަ ދަޢުލަތަށެވެ. |
|
|
(ނ) |
ދޫކޮށްލާ ގޯއްޗަކީ އަމިއްލަކޮށްފައިވާ ގޯއްޗެއް ނަމަ އެ ތަނުގެ އަގު އެ ތަން ލިބޭ، އެއްމެދު މިލްކުވެރިން ނުވަތަ ދަޢުލަތުން ގޯތި ދޫކޮށްލާ ފަރާތަށް އަނބުރާ ދައްކަންޖެހޭނެއެވެ. |
|
|
(ރ) |
ތަރިކައިން ދޫކޮށްލާ ބިމަކީ އަމިއްލަކޮށްފައިވާ ބިމެއް ނަމަ، ތަރިކައިގެ މައްސަލަ ހިނގާއިރު އަމިއްލަކުރަން ހޭދަކޮށްފައިވާ ޚަރަދު (ގޯތި ދޫކޮށްލާ ފަރާތަށް ލިބެން އޮތް ބައިގެ އަކަފޫޓުން ޖެހޭ ވަރުގެ އަގު) އެ ގޯތީގެ ބައި، ދެން ލިބޭ ވާރުތަވެރިން ގޯތި ދޫކޮށްލި ފަރާތަށް ދޭންވާނެއެވެ. |
|
|
(ބ) |
ލިބިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯތި ދޫކޮށްލަން އެއްބަސްވުމުން، އަލަށް ނަގާ ގޯތި އެ ފަރާތަށް ރަޖިސްޓްރީކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ރަޖިސްޓްރީއިން އެ ފަރާތުގެ ނަން އުނިވުމުންނެވެ. |
|
|
(ޅ) |
ދޫކޮށްލަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ލިބިފައިވާ ފްލެޓެއް/ރޯ ހައުސެއް ނުވަތަ ހައުސިންގ ޔުނިޓެއް ނަމަ، އެތަނެއް ދޫކޮށްލާނީ އެ ޕްރޮޖެކްޓެއްގެ ބެހެނިވެރި ނުވަތަ ހިންގި ފަރާތަށެވެ. |
|
|
(ކ) |
ތަރިކައިން ލިބެން އޮންނަ ގޯތި ދޫކޮށްލީމާ އެތަން ލިބޭނީ މި ގޯތީގެ ދެން ތިބި ވާރުތަވެރިންނަށެވެ. |
|
|
(އ) |
ތަރިކައިން ލިބެން އޮންނަ ބައި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކުގެ މަޢުލޫމާތު އެ ފަރާތްތަކުން އެ ކަމަށް އެއްބަސްވާ އިޤުރާރާއެކު ކަމާބެހޭ ޝަރުޢީ ކޯޓަށް ގޯތި ދޫކުރާ އިދާރާއިން ޙިއްޞާކުރަންވާނެއެވެ. |
ގޯއްޗަށް ކުރަމަތިލާ ފަރާތްކުގެ ތެރެއިން ޝަތުރު ހަމަނުވާ ފަރާތްތައް ކަނޑައެޅުން |
11. |
(ހ) |
ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާ ކުރާ އިޢުލާނުގެ މުއްދަތު ހަމަނާ ތާރީޚުން ފެށިގެން ރަސްމީ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ އިޢުލާނާ ގުޅިގެން ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާ ސަބަބު ބަޔާންކޮށް ލިމުން އެފަރާތަކަށް އަންގަން ވާނެއެވެ. |
|
|
(ށ) |
ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނުވަތަ ޝަރުތެއް އުނިވެއްޖެކަން ގޯއްޗަށް ކުރިމަތިލާން ހުށަހަޅާ ފޯމު ހުށަހެޅި ފަހުން އެއްވެސް މަރުޙަލާއެއްގައި ހާމަވެއްޖެ ނަމަ، ގޯތި ދޫކުރުމުގެ މަސައްކަތް އެ ވަގުތު އޮތް މަރުޙަލާއަކާ ހިސާބުން، އެ ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި، އެކަމުގެ ސަބަބާ އެކު ލިޔުމުން އެ ފަރާތްތަކަށް އަންގަންވާނެއެވެ. |
|
|
|
ގޯތި ދޫކުރުން |
|
12. |
(ހ) |
ގޯއްޗަށް ކުރިމަތިލާފައިވާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރެވޭނީ، މި އުޞޫލުގެ ޖަދުވަލު 3 ގައި ހިމަނާފައިވާ ގޯތި ދޫކުރުމުގައި ޕޮއިންޓް ދެވޭނެ މިންގަނޑުގައި ވާގޮތުގެ މަތިން ޕޮއިންޓް ދިނުމަށް ފަހު، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގޯތި ދޫކުރެވޭ ފަރާތްތައް ހޮވުމުގައި، އެއް ޢަދަދަކަށް ޕޮއިންޓް ލިބިގެން އެންމެ ފަހުވަނައަށް އެކަކަށް ވުރެ ގިނަ ފަރާތް ހޮވިފައިވާނަމަ، އެންމެ ފަހު ގޯތި ލިބޭ މީހެއް ކަނޑައަޅާނީ އެއްވަރަކަށް ޕޮއިންޓް ލިބުނު މީހުންގެ މެދުގައި މި އުޞޫލުގެ 10 ވަނަ މާއްދާގައި ވާގޮތުގެ މަތިން ގުރުއަތުލައިގެންނެވެ. |
|
|
(ނ) |
މި މާއްދާގެ ބޭނުމަށްޓަކައި ދެމަފިރިންގެ ގޮތުގައި ބެލެވޭނީ، މި އުޞޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލާން ކުރެވޭ އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅިއިރު ދެމަފިރިންގެ ގޮތުގައި ތިބި މީހުންނަށެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ދެމަފިރިން ފޯމް ހުށަހަޅައިފިނަމަ ގޯތި ރަޖިސްޓްރީކޮށްދެވޭނީ ޖޮއިންޓް ފޯމްގެ މައްޗަށް ރިޢާޔަތްކޮށް ދެމީހުންގެ މައްޗަށެވެ. |
|
|
(ރ) |
ގޯތި ހޯދަން ވަކި ފަރުދަކަށް ފޯމް ހުށަހެޅިދާނެއެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއްވެސް ހުށަހެޅިދާނެއެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނީ ކައިވެނިކޮށްގެން އުޅޭ ދެމަފިރީންނަށެވެ. |
ގުރުއަތުލުން |
13. |
(ހ) |
މި އުޞޫލުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން އެއްވަރަށް ޕޮއިންޓް ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދާނީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ވިލަރެސްކުރާ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ގުރުއަތުނެގުމަށްޓަކައި ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް ގުރުއަތުގައި ހިމެނޭ ފަރާތްތަކަށް 48 (ސާޅީސްއަށެއް) ގަޑިއިރު ކުރިން ބައްދަލުވުމަށް ޙާޟިރުވާން ލިޔުމުން ނޯޓިސް ފޮނުވަންވާނެއެވެ. |
|
|
(ނ) |
ދެމީހުން، ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މެދުގައި ނެގޭ ގުރުއަތުލުމުގައި ގުރުއަތު ނަގާނީ ފޯމު ހުށަހެޅި މީހާ ނުވަތަ އޭނާ ލިޔުމުން ބާރުދީފައިވާ މީހެކެވެ. |
|
|
(ރ) |
ގުރުއަތުލުމަށް ހާޟިރު ނުވެވޭ ފަރާތެއްހުރި ނަމަ، ނުވަތަ އެފަރާތުން ބަކި މީހަކަށް ލިޔުމުން ބާރުދީފައިނުވާ ނަމަ، ނުވަތަ ގުރުއަތު ނެގުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ނަމަ، އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ކޮމިޓީގެ މެންބަރެކެވެ. |
ގޯތި ދޫކުރެވޭ މީހުންގެ ލިސްޓުން ނަން އުނިކުރުން |
14. |
|
މި އުޞޫލުގެ 11 ވަނަ މާއްދާއާ އެއްގޮތަށް ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ، ނުވަތަ ގޯތި ބާތިލުކުރަން ޖެހިއްޖެނަމަ، އެ މީހުންގެ ނަން ލިސްޓުން އުނިކުރުމަށް ފަހު އަލުން ލިސްޓް ތަރުތީބުކުރަން ވާނެއެވެ. |
ގޯތި ދޫކުރެވޭ މީހުންގެ ވަގުތީ ލިސްޓު ޢާންމުކުރުން |
15. |
(ހ) |
ގޯއްޗަށް ކުރިމަތިލާން ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ތެރޭ މި އުޞޫލުގެ 11 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރަން ކަނޑައެޅޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢާންމުކުރަންވާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ޢާންމުކުރެވޭ ވަގުތީ ލިސްޓުގައި އަންނަނިވި މަޢުލޫމާތު ހިމަންނަވާނެއެވެ.
|
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ޢާންމުކުރެވޭ ވަޤުތީ ލިސްޓާއެކު، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުޞަތު ހުޅުވާލަން ވާނެއެވެ. މި އިޢުލާނުގައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި ޝަކުވާ ހުށަހެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ތަފްޞީލު ހިމަނަން ވާނެއެވެ. |
|
|
(ރ) |
މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހަޅަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިބިފައިވޭތޯ ބެލުމަށްފަހު، އެ ޝަކުވާތަކާ މެދު ވިލަރެސްކުރާ ކޮމިޓީއިން ނިންމާ ގޮތެއް ޝަކުވާ ހުށަހެޅި މީހާއަށް ލިޔުމުން ދޭން އަންގަންވާއެވެ. |
|
|
(ބ) |
މި މާއްދާގައި ވާގޮތުގެ މަތިން ހުށަހެޅިފައިވާ ޝަކުވާތަކާމެދު ރަސްމީ 7 (ހަތެއް) ދުވަސް ތެރޭ ވިލަރެސްކުރާ ކޮމިޓީއިން ގޮތް ނިންމަންވާނެއެވެ. |
|
|
(ޅ) |
ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެފަދަ ޝަކުވާއަކާ ގުޅިގެން ވިލަރެސްކުރާ ކޮމިޓީއިން ހޯދި ހޯދުމަކުން ގޯތި ލިބޭ މީހެއް ވަގުތީ ލިސްޓުން އުނިކުރަން ޖެހިއްޖެނަމަ މި އުޞޫލުގެ 15 ވަނަ މާއްދާއާ އެއްގޮތަށް ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރާއިރު ތަރުތީބުކުރަންވާނެއެވެ. |
|
|
(ކ) |
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކުރުމުގެ ކުރިން، ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހެއް ނިޔައުވެއްޖެނަމަ، ދާއިމީ ލިސްޓު ޢާންމުކުރަންވާނީ، ނިޔާވި މީހާގެ ނަން އުނިކޮށް، ލިސްޓް އަލުން ތަރުތީބުކުރުމަށްފަހުއެވެ. |
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކުރުން |
16. |
(ހ) |
ގޯތި ލިބޭ ފަރާތްތަކުގެ ވަޤުތީ ލިސްޓު ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލެވޭ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށްފަހު، ލިސްޓަށް އުނިއިތުރެއް ގެންނަންޖެހޭނަމަ އެ އުނިއިތުރެއް ގެނައުމަށްފަހު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށް ޝާޢިއުކުރަންވާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ޢާންމުކުރެވޭ ދާއިމީ ލިސްޓުގައި އަންނަނިވި މަޢުލޫމާތު ހިމަންނަންވާނެއެވެ.
|
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ގޯތި ދޫކުރެވޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކުރަންކުރެވޭ އިޢުލާނުގައި ގޯތި ދޫކުރެވޭ މީހަކަށް ކަނޑައެޅޭ ގޯތިތައް ކަނޑައެޅުމަށްޓަކައި ބޭއްވޭ ގުރުއަތުލުމުގެ ބައްދަލުވުން ބޭއްވޭނެ ތާރީޚާއި ގަޑި ހިމަނަންވާނެއެވެ. |
ދާއިމީ ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން |
17. |
(ހ) |
ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައިވާ މީހުންގެ މެދުގައި ނުވަތަ އެމީހުން ލިޔުމުން ބާރު ދީފައިވާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. މި ގުތުރަތު ނަގަން ވާނީ ވިލަރެސް ކޮމިޓީގެ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައެވެ. |
|
|
(ށ) |
ގުރުއަތުނެގުން ކުރިއަށް ގެންދަންވާނީ، ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދުން ދޫކުރަން ހަމަޖެހިފައިވާ ވަކިވަކި ގޯތިތަކަށް ދީފައިވާ ހިސާބު އަކުރު ބޭނުންކޮށްގެންނެވެ. |
|
|
(ނ) |
ގުރުއަތު ނަގާނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައިވާ ލިސްޓުގެ ތަރުތީބުންނެވެ. |
|
|
(ރ) |
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްދަލުވުން ބާއްވަން ވާނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. މި ގޮތުން ބޭއްވޭ ބައްދަލުވުމަށް ގޯތި ލިބޭ ފަރާތް ނުވަތަ އެފަރާތް ލިޔުމުން ބާރު ދީފައިވާ ފަރާތް ހާޟިރުނުވާނަމަ، ގުރުއަތު ނަގާނީ ވިލަރެސްކުރާ ކޮމިޓީއިން ކަނޑައަޅާ މެންބަރެކެވެ. |
ގޯތި ލިބޭ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ކަންކަން |
18. |
(ހ) |
ގޯތި ލިބިފައިވާ ފަރާތުން ގޯތި އިމަށް އަރާ ރުއްގަހަށް ބަދަލުދޭން ޖެހޭނެއެވެ. މިފަދަ ރުއްގަހަށް ބަދަލުދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތް ގއ. ކޮނޑޭ ކައުންސިލަށް އަންގަންވާނެއެވެ. |
|
|
(ށ) |
ގޯތީގެ އިމަށް އަރާ ރުއްގަސް ކަމަށް ބެލެވޭނީ އިމުގައި ނުވަތަ ގޯތީގެ އިމުގެ އެތެރޭގައި ހުންނަ ރުއްގަހެވެ. |
|
|
(ނ) |
ގޯތި ލިބޭ ފަރާތުން ގޯތީގައި ހުންނަ ރުއްގަހަށް ގޯތި ޙަވާލުކުރާތާ 03 މަސްދުވަހުގެ ތެރޭގައި ބަދަލުދިނުމުގެ މަސައްކަތްކޮށް ނިންމަންވާނެއެވެ. |
|
|
(ރ) |
ގއ. ކޮނޑޭ ކައުންސިލުން ދައްކާ ބިމެއްގައި ކަނޑައެޅިފައިވާ މިންތަކަށް ގޯތީގެ ކޮންމެ ކަނެއްގައި އިން ވަކިކުރުމަށް ބިމުން މައްޗަށް 6 އިންޗި ފެންނަން ހުންނާނޭ ގޮތަށް ކޮންމެ ފަރާތަކަށް 18 އިންޗީގެ ކަންމުޑި ޖަހަންވާނެއެވެ. އަދި މަގާއި ގޯޅިތައް ކައުންސިލުން އަންގާ ގޮތަކަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ. ގޯތި ޙަވާލުކުރެވޭތާ 3 މަސްދުވަސް ތެރޭގައި ގޯއްޗަށް ނަމެއް ކިޔައި، އެނަމުގައި ގޯތި ރަޖިސްޓްރީ ހައްދަން ކައުންސިލަށް ހުށަހަޅަންވާނެއެވެ، |
|
|
(ބ) |
ގޯތި ޙަވާލުކުރެވިފައިވާ ތާރީޚުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި އިމާރާތްކޮށްގެން ގޯތި ލިބުނު ފަރާތުން ދިރިއުޅެން ފަށަންވާނެއެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ގޯތީގައި އިމާރާތެއް ކޮށްފައި ނުވާނަމަ ގޯތި ބާޠިލްކުރެވޭނެއެވެ. |
|
|
(ޅ) |
މަގުމަތީ ފާރު ނުވަތަ ފާރުން ބައެއް ނަމަވެސް ތަޅާލަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. އަދި ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް ދޮރު ކެނޑުމާއި، ދޮރާށި ހުރި ތަން ނޫން ތަނަކަށް ބަދަލުކުރުމަކީ މަނާކަމެކެވެ. |
|
|
(ކ) |
ގޭގެ ނަމާއި، ނަންބަރު އެނގޭ ގޮތަށް މަގުމައްޗަށް ފެންނާނެހެން ނަންބޯޑު ބަހައްޓަންވާނެއެވެ. |
|
|
(އ) |
ގޯތިތެރެއާއި، ގޯއްޗާ ގުޅިފައިވާ މަގު ތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. |
|
|
(ވ) |
ގޯތި ދޫކުރާތާ ލަސްވެގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގެ އިންފާރު ރާނަންވާނެއެވެ. |
ގޯތި ޙަވާލު ކުރުން |
|
(ހ) |
މި އުޞޫލުގެ ދަށުން ދޫކުރެވޭ ގޯތިތައް ޙަވާލު ކުރެވޭނީ ގޯތި ދޫކުރެވޭ ފަރާތާއި ކައުންސިލާއި ދެމެދުގައި ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ. ގޯތި ޙަވާލު ކުރެވުނު ކަމުގައި ނުވަތަ ލިބުނު ކަމުގައި ބެލެވޭނީ މިއެއްބަސްވުމުގައި ސޮއި ކުރުމުންނެވެ. |
|
|
(ށ) |
ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ލިބޭކަން ކައުންސިލުން އަންގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ގޯތީ ލިބޭ ފަރާތުން އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ ގޯތި ދިނުމަށް ނިންމި ނިންމުން ބާޠިލްކުރެވޭނެއެވެ. |
|
|
|
އުސޫލަށް ބަދަލުގެނައުން |
އުސޫލަށް ބަދަލުގެނައުން |
19. |
(ހ) |
މި އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއްގައި ގޮތް ނިންމާނީ ވިލަރެސްކުރާ ކޮމެޓީގެ ބައްދަލުވުމެއްގައި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިގޮތުން ނިންމާ ކަންކަން، މި އުސޫލަށް ގެންނަ އިޞްލާޙެއްގެ ސިފައިގައި އާންމުކޮށް ޝާއިޢުކުރަންވާނެއެވެ. |
|
|
(ށ) |
މި އުސޫލަށް ބަދަލުގެނެސް އިޞްލާޙުކުރެވޭނީ ވިލަރެސްކުރާ ކޮމެޓީއަށެވެ. އަދި މިގޮތުން ގެނެވޭ ބަދަލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ. |
|
|
|
އުސޫލަށް ބަދަލުގެނައުން |
މާނަކުރުން |
20. |
(ހ) |
މި އުސޫލުގެ ބޭނުމަށް އަންނަނިވި ބަސްތަކާއި ލަފުޒުތަކަށް ދީފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ. |
|
|
|
|
|
|
(ށ) |
މި އުސޫލުގެ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. |
ޢަމަލުކުރަން ފަށާ ތާރީޚް |
21. |
|
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ގއ.ކޮނޑޭ ކައުންސިލްގެ އާންމު ބައްދަލުވުމުގައި މި އުސޫލު ފާސްކޮށް، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. |
ޖަދުވަލު (1)
ޕޮއިންޓްދިނުމުގެ މިންގަނޑު
# |
ތަފްޞީލް |
ޕޮއިންޓު |
(ހ) |
ކައިވެނި ކޮށްގެން އުޅޭ ދެމީހުން ހުށަހަޅާ ޖޮއިންޓް ފޯމެއް ނަމަ |
5 |
(ށ) |
ކައިވެނިކޮށްގެން ހުރި ނަމަ |
25 |
(ނ) |
ފިރި/ އަނބި ނިޔާވެ ހުވަފަތްވެފައި އަދި ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 1 (އެކެއް) ނުވަތަ 2 (ދޭއް) ކުދިން ތިބި ނަމަ |
15 |
(ރ) |
ފިރި/އަނބި ނިޔާވެ ހުވަފަތްވެފައި އަދި ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބިނަމަ |
10 |
(ބ) |
ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 1 (އެކެއް) ނުވަތަ 2 (ދޭއް) ކުދިން ތިބިނަމަ |
10 |
(ޅ) |
ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބިނަމަ |
15 |
(ކ) |
ކައިވެންޏަށް 1 (އެކެއް) އަހަރުވެފައިވާނަމަ، 1 (އެކެއް) ޕޮއިންޓް، އަދި އިތުރުވާ ކޮންމެ އަހަރަކަށް 1 (އެކެއް) ޕޮއިންޓް (މި ބަޔަށް ގިނަވެގެން ދެވޭނީ 10 (ދިހައެއް) ޕޮއިންޓް) |
>10 |
(އ) |
ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ |
5 |
(ވ) |
ޞިއްޙީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދަރިން ލިބުމުން މަޙްރޫމްވެފައިވުން ނުވަތަ މިފަދަ ކަމަކަށް ބޭސްކުރަމުންދާނަމަ (މިކަން ސާބިތުކުރަން މިކަން ބަޔާންކޮށް ޞިއްޙީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާނަމަ) |
5 |
3.1.1 |
ކައިވެނީގެ މުއްދަތަށް ޕޮއިންޓް ލިބޭނީ އިޢުލާންކުރި ތާރީޚާ ހަމައަށް ކައިވެނި މަތީގައި ދެމިތިބި މީހުންނަށެވެ. ކައިވެނި ރޫޅިފައިވާކަމަށް އަދި ކައިވެނިކޮށްގެން ކަމުގައި ބަލާނީ، ގޯތި ދޫކުރަން އިޢުލާންކުރި ތާރީޚާ ހަމައަށެވެ. އަދި އަނބި/ ފިރި ނިޔާވެ ހުވަފަތްވުމުގެ ޙާލަތު އިންކަމަށް ބަލާނީ، ގޯތި ދޫކުރުމަށް އިޢްލާނުކުރި ތާރީޚާ ހަމައަށެވެ. ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުން ހުށަހަޅާފައިވާ ވަރި/ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. މީގެ އިތުރުން ކައިވެނީގެ މުއްދަތު ގުނުމުގައި ކައިވެނި ރުޖޫޢަކުރެވިފައިވާނަމަ ކައިވެނިކުރި ތާރީޚް ގުނަން ފަށާނީ އަލަށް އެ ދެމަފިރިންގެ ކައިވެނި ރުޖޫޢަކޮށްފައިވާ ތާރީޚުން ފެށިގެންނެވެ. |
|
3.1.2 |
ދަރިންގެ ބަޔަށް މާކްސް ލިބޭނީ 10 އަހަރު ނުފުރޭ ކުއްޖެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑްގެ ކޮޕީ ހުށަހެޅުމުންނެވެ. އަދި 10 އަހަރާއި 18 އަހަރާއި ދެމެދު ނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑްގެ ކޮޕީއާއި، އުފަން ދުވަހުގެ ސެޓްފިކެޓް ކޮޕީ ހުށަހެޅުމުންނެވެ. |
|
3.1.3 |
ހުވަފަތްވެފައިވާ މީހާގެ ދަރި/ދަރިން ތިބި ނަމަ ދަރި/ދަރިން ބަލަމުން ނުގެންދާ ނަމަވެސް މި ބަޔަށް މާކްސް ލިބޭނެއެވެ. |
|
3.1.4 |
ޢުމުރުގެ ބައި ބަލާނީ، ގޯތި ދޫކުރަން އިޢުލާނުކުރި ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމާއެކު ހުށަހަޅާފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތުގެ މައްޗަށް ބަލައިގެންނެވެ. |
|
3.1.5 |
ކައިވެނި ރޫޅިފައިވާ ޙާލަތުގައި، މަންމަ ދަރި/ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި މައިން)، މި ބަޔަށް ޕޮއިންޓުދެވޭނީ ދަރި/ދަރިން ބަލަމުން ގެންދަނީ މަންމަގެ ފުރިހަމަ ޒިންމާގެ ދަށުން މަންމައާއި އެއް ގޭބިސީއެއްގައި ކަމުގައި ވާނަމައެވެ. އަދި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ. |
|
|
(ހ) |
ކައިވެނި ރޫޅިފައިވާ ޙާލަތުގައި ބައްޕަ ދަރި/ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި ބަފައިން)، މި ބަޔަށް ޕޮއިންޓުދެވޭނީ ބައްޕަ ދަރި/ދަރިން ބަލަމުން ގެންދާކަމުގެ ޝަރުޢީ ކޯޓެއްގެ ލިޔުމެއް ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ކުއްޖާ ބަލާ ފަރާތަކީ ކޮބައިކަން ބަޔާންކޮށްދޭ ލިޔުން ހުށަހެޅުމުންނެވެ. ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރަން އިޢުލާނުކުރި ތާރީޚާ ހަމައަށެވެ. |
|
(ށ) |
ކައިވެނި ރޫޅިފައިވާ ޙާލަތުގައި މަންމަ ދަރި/ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި މައިން)، އަދި ބައްޕަ ދަރި/ ދަރިންނަށް ޚަރަދުކުރަމުން ގެންދާނަމަ، ބައްޕަ ދަރި/ދަރިންނަށް ޚަރަދުކުރާކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން ނުވަތަ ދަރިންގެ މަންމަގެ ފަރާތުން ބައްޕަ ދަރިންނަށް ޚަރަދު ދޭކަމުގެ ލިޔުން ނުވަތަ ފައިސާ ޚަރަދުކޮށްފައިވާކަމުގެ ރަސީދު ހުށަހެޅުމުން އެ ދެ މީހުންނަށްވެސް ކަނޑައެޅިފައިވާ ޕޮއިންޓް ލިބޭނެއެވެ. މި ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރަން އިޢުލާންކުރި ތާރީޚާ ހަމައަށެވެ. |
|
(ނ) |
ފޯމު ހުށަހަޅާ ފަރާތުގެ ކައިވެނި ރޫޅިފައިވާ ޙާލަތުގައި ހުރި ބައްޕައެއް ނަމަ، އުފަން ދަރި/ ދަރިން ބަލަހައްޓަމުންދަނީ މަންމަ ނުވަތަ އެހެން ފަރާތެއް ކަމުގައިވަނީނަމަ، ބައްޕަ ދަރި/ދަރިންނަށް ދޭންޖެހޭ ޝަރުޢީ ޚަރަދު ދޭކަމުގެ ޝަރުޢީ ލިޔުމުގެ ޞައްޙަ ކޮޕީ ނުވަތަ ދަރިންގެ ޚަރަދު ދެނީ ކޯޓު މެދުވެރިނުކޮށްކަމަށް ވަނީ ނަމަ، ކުދިންގެ މަންމަ ނުވަތަ ބަލަހައްޓާ ފަރާތުން ދަރި/ ދަރިންނަށް ބައްޕަ ޚަރަދުކުރާކަމަށް ބަޔާންކޮށް އެފަރާތުން ދޭ ލިޔުން ނުވަތަ އެފަރާތުން ކޮށްފައިވާ ޚަރަދު ދައްކުވައިދޭ ބޭންކް ސްލިޕަށް ރިޢާޔަތްކޮށް، ދަރި/ ދަރިން ބަލަހައްޓާ ފަރާތަކަށް ޕޮއިންޓް ދެވިދާނެއެވެ. |
|
(ރ) |
ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް މާކްސް ދެވޭނީ އެ ކުއްޖަކީ/ ކުދިންނަކީ ޚާއްޞައެހީއަށް ބޭނުންވެފައިވާ ކުއްޖެއް/ ކުދިންގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ދަފްތަރުގައި ލިސްޓުކުރެވިފައިވާ ކުއްޖަކުކަމުގައި ވާނަމަ އެކަން އަންގައިދޭ ފަދަ ލިޔުމުގެ ކޮޕީއެއް ހުށަހެޅުމުންނެވެ. ދަފްތަރުގައި ރަޖިސްޓްރީވެފައި ވާކަމަށް ބަލާނީ ގޯތި ދޫކުރަން އިޢުލާނުކުރި ތާރީޚާ ހަމައަށެވެ. |
|
(ބ) |
ޕޮއިންޓު ދިނުމުގައި މަޢުލޫމާތު ބަލާނީ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށާއި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ރަސްމީ މަޢުލޫމާތުތަކަށް ބަލައިގެންނެވެ. ފޯމު ބަލައިގަތުމަށްފަހު ހުށަހަޅާ އިތުރު އެއްވެސް ލިޔުމަކަށް ޕޮއިންޓެއް ނުލިބޭނެއެވެ. |
ޖަދުވަލު (2)
އިޤްރާރު
ގއ.ކޮނޑޭ ކައުންސިލްގެ ނަންބަރު .........................އިޢުލާނުގެ ދަށުން ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނި އަޅުގަނޑު .......................................... ގޯއްޗެއް ލިބޭނަމަ އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު ............... ފްލެޓް / ރޯހައުސް / ހައުސިންގ ޔުނިޓް، ފްލެޓް / ރޯހައުސް / ހައުސިންގ ޔުނިޓް / ގޯތި ގެ ބާކީތިބި އެއްމެދު މިލްކުވެރިންނަށް ދޫކޮށްލުމަށް އެއްބަސްވަމެވެ. އަދި އެއްމެދު މިލްކުވެރިން ނެތްނަމަ ދައުލަތަށް ދޫކޮށްލަން އެއްބަސްވަމެވެ. މީގެ އިތުރުން ....................... ނަންބަރު ފްލެޓް / ރޯހައުސް / ހައުސިންގ ޔުނިޓް / ގޯތި ދޫކޮށްލާ ދޫކޮށްލުމާ ގުޅޭ ގޮތުން ދަޢުލަތުގެ މައްޗަށް ނުވަތަ ދައުލަތް ޚިއްސާވާ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކުރާނެކަމަށް އަޅުގަނޑު އެއްބަސްވަމެވެ.
މިއިޤްރާރުގައި އަޅުގަނޑު ސޮއި މިކުރަނީ، އެއްވެސް ފަރާތަކަށް ދަޢުލަތުގެ ދެ ބޯހިޔާވަހިކަން ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ކުރިން އަޅުގަނޑަށް ލިބިފައިވާ ބޯހިޔާވަހިކަން ދޫކޮށްލުމަށް ކުރާ ޝަރުތު ޤަބޫލުކޮށް، މިއިޤްރާރުގައި ސޮއި ކުރުމަށްފަހު އަޅުގަނޑު އިޤްރާރުވެފައިވާ އެއްވެސް ކަމަކާ އެއްބަސްނުވެއްޖެނަމަ އަޅުގަނޑަށް ގއ،ކޮނޑޭއިން ދޫކޮށްފައިވާ ގޯތި އަތުލާނެކަން އެނގޭ ޙާލު، އެކަމަށް އެއްވެސް އިއުތިރާޟް ކުރުމެއް ނެތި، އެއްވެސް ފަރާތެއްގެ ނުފޫޒެއް މަޖުބޫރުކަމެއް ނެތި، ހަމަބުއްދި ސަލާމަތުންހުރެ، ތިރީގައިއެވާ ހެކިންސ ހެކިކޮށް އެފަރާތުގެ ޙާޟިރުގައެވެ.
ތާރީޚް: .... ..... .....
އިޤްރާރުވާ ފަރާތުގެ : |
ނަން: |
ދާއިމީ އެޑްރެސް: |
އައި.ޑީ ކާޑް ނަންބަރު: |
ސޮއި: |
އިގިލީގެ ނިޝާން: |
ހެކިން |
|
ނަން: |
ނަން: |
އެޑްރެސް: |
އެޑްރެސް: |
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު: |
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު: |
މާޤާމު: |
މާޤާމު: |
ސޮއި: |
ސޮއި: |
މިއުޞޫލު ފާސްކުރެވުނީ 28 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވުނު މިކައުންސިލުގެ 04 ވަނަ ދައުރުގެ 131 ވަނަ ޢާއްމު ބައްދަލުވުމުގައެވެ.