ވަޒީފާގެ ފުރުޞަތު
ނަންބަރު: J-396094
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 06 ފެބުރުވަރީ 2024 12:00
ނ. މަގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓީވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ނ.މަގޫދޫ ޞިއްޙީމަރުކަޒު

ނ.މަގޫދޫ، ދިވެހިރާއްޖެ                                        ނަންބަރު: (IUL)D11-HC/2024/01

އިއުލާން

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-396094

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ.މަގޫދޫ ޞިއްހީމަރުކަޒު

މުސާރަ:

މަހަކު -/6295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

 

 

 

 

 

 

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3.  ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ
  4.  ހެލްތް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ށް ވާ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިއްޙީމަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންތައްތައް ހާސިލްކުރުމަށްޓަކައި އެމުވައްޒަފެއްގެ ދާއިރާއިން އިހްލާސްތެރިކަމާއި، ހިތްވަރާއިއެކު މަސައްކަތްކުރުން
  2. މިނިސްޓްރީ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރގެ ވަޒީފާއިބެހޭ ޤާނޫނާއި ސިވިލްސަރވިސްގެ އެންމެހާ ޤަވާއިދުތަކާއި، ސަރކިއުލަރތަކުގައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮން ހިތުން
  3. ސިއްޙީމަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވުމާއި، ޕްލޭނާއި އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަސައްކަތްކުރުން
  4. ސިވިލްސަރވިސް އިން ކަނޑައަޅާ އުސޫލެއްގެމަތިން މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމްތައް ތައްޔާރުކުރުމާއި، އެސެކްޝަނެއްގެ ސްޕަވައިޒަރއާއި ފޯމްތައް ހަވާލުކުރުމާއި، ފޯމްތަކުގެ އެންމެހާ މަސައްކަތްތައް ކުރުން
  5. މަރުކަޒުގެ ހަރުމުދަލުގެ އިންވެންޓްރީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި، އަޕްޑޭޓް ކުރުމާއި، އިންވެންޓްރީ ނަމްބަރ ޖެހުން
  6. ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގައި ކަނޑައެޅިފައިވާ ދުވަހަށް މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި، އެކުލަވާލަން ޖެހޭ ރިޕޯޓްތައް (ޝިފްޓް ޑިއުޓީ އެލަވަންސް ރިޕޯޓް، ރިސްކް އެލަވަންސް ރިޕޯޓް، އިތުރުގަޑީ ރިޕޯޓް، ބަންދު ރިޕޯޓް، ފޯން އެލަވަންސް، ހިންގުމުގެ އެލަވަންސް، އަދި މުސާރަ ތަފްސީލް، ޖަމާކުރާ ޝީޓް) ކޮންމެ މަހެއްގެ 18 ވަނަ ދުވަހުގެ ކުރިން ނިންމާ، ރިޕޯޓްތައް ޗެކްކުރާ މުވައްޒަފަކާއި ހަވަލުކޮށް ޗެކްކުރުވާ، ގެންނަންޖެހޭ އިސްލާހުތައް ގެނެސް ނިމުމުން ސޮއިތައް ފުރިހަމަކުރުމަށްފަހު، މުސާރަ ޖަމާކުރުމަށް ރިޕޯޓްތައް ހޮސްޕިޓަލަށް ހުށަހެޅުމާއި، މުސާރަ ޖަމާކޮށް އެންގުމުން މުސާރަ ސްލިޕްތައް ހަދާ، ޗެކްކޮށް މަސް ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުންނަށް ސްލިޕްތައް ހަވާލުކުރުން. ނުވަތަ (އެހެން މުވައްޒަފަކު މުސާރަ ރިޕޯޓްތައް ތައްޔާރުކުރާނަމަ) މުވައްޒަފުންނަށް މުސާރަދިނުމަށް ހަދަންޖެހޭ ރިޕޯޓްތައް (ޝިފްޓް ޑިއުޓީ އެލަވަންސް ރިޕޯޓް، ރިސްކް އެލަވަންސް ރިޕޯޓް، އިތުރުގަޑީ ރިޕޯޓް، ބަންދު ރިޕޯޓް، މުސާރަ ތަފްސީލް) ޗެކުކުރުން
  7. ސިއްޙީމަރުކަޒުން ހޯދަންބޭނުންވާ އެންމެހާ ތަކެތި ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުން.
  8. މާލިއްޔަތު ޤަވާއިދުގެ ދަށުން ހުރުން ލާޒިމްކުރާ އެންމެހާ ލިޔެކިޔުންތައް، ހަމަކޮށް، ފައިލްކޮށް ބެލެއްޓުން.
  9. އޮޑިޓް ޤާނޫނާއި ޤަވާއިދު ތަންދޭ އުސޫލެއްގެމަތިން ފައިސާގެ އެންމެހާ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން.  
  10. ފޯނުކޯލްތަކަށް ރިވެތިބަހުން، ރަނގަޅަށް އަޑު އިވޭވަރަށް ޖަވާބުދާރީވުމާއި ޙިދުމަތްތެރިގޮތެއްގައި ފޯނުގެ ޙިދުމަތް ފޯރުކޮށް ދިނުމާއި ފޯންކޯލްތައް ކުރުކުރުމަށް މަސައްކަތްކުރުން.
  11. އެމްބިއުލާންސް ޙިދުމަތަށް އެދި އަންނަ ކޯލްތަކަށް ޖަވާބުދާރީވެ، ޕޭޝަންޓްގެ ހާލަތުބަލައި، އެމްބިއުލާންސް ފޮނުވުމާއި، ޕޭޝަންޓާއި ބެހޭ މަޢުލޫމާތު ރިސެޕްޝަން ކައުންޓަރަށް ދިނުން.
  12. ކޮންމެ އަހަރެއް ނިމުމުން (ކުރީއަހަރު ޑިސެމްބަރ 01ން ނިމުމު އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް) އެ އަހަރެއްގެ އަހަރީ ރިޕޯޓް ލިޔެ، ސޮއިކުރުވާ، ފައިލްކުރުން
  13. ސިއްޙީމަރުކަޒުގައި ބޭއްވޭ އެކިއެކި ސެމިނަރ ވޯކްޝޮޕްފަދަ ކަންކަން އިންތިޒާމުކުރުމާއި، ކަންތައްތައް ހިނގާނުހިނގާގޮތް ބެލުން
  14. މަސައްކަތާއިގުޅޭ ދާއިރާއިން ސިއްޙީމަރުކަޒުގައި ކުރަންޖެހޭ ކަންކަމުގައި އިސްކޮންހުންނަ މުވައްޒަފަކަށް އެހީތެރިވެދިނުމުގައި އެމުވައްޒަފަކާއި ބައިވެރިވުމާއި، ސިއްޙީމަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން
  15. ސިއްޙިމަރުކަޒުގެ ނޯޓިސް ބޯޑްގައި ބަހައްޓަޖެހޭ ލިޔުންތައް ބެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުމާއި، އަކުރަންޖެހޭ ލިޔުންތައް އާކުރުން
  16. ސިއްޙީމަރުކަޒުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ ހަމަކުރުން.
  17. ސްޓޮކުން ދޫކުރަންޖެހޭ ތަކެތި ދޫކުރުމުގެ އުސޫލްގެމަތިން ދޫކުރުން
  18. ސްޓޮކް ބެލެންސާއި ލިޔެކިޔުންތައް ހަމަކޮށް ބެލެހެއްޓުން.
  19. ސަރުކާރު ރަސްމީ ދުވަސްތަކުގައި ރަމަޟާން މަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7.50 ގައި ސިއްޙީމަރުކަޒު ހުޅުވަންވާނެއެވެ. އަދި ރަމަޟާން މަހުގައި ހެނދުނު 8.50ގައި ސިއްހީމަރުކަޒު ހުޅުވަންވާނެއެވެ.
  20. ސިއްހީ ކުއްލި އިމަޖެންސީތަކާއި ހާދިސާތަކާއި ޕެންޑަމިކްތަކުގައި އަމިލީގޮތުން މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތަށް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

މަޤާމުގެ ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

 

ޕްރިފަރޑް ޑިސިޕްލިން ތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

 

މިމަޤާމުގެ ވަޒީފާގެ/މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
     

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން އަދި ސިވިލްސާރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތައުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސާވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާ އެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮސްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މާހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން:

(ށ) ސިވިލް ސާރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާގެ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮސްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޔެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތަށް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮސްފައިވީނަމަވެސް)ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޯސްފައިވާ ލިޔުން.

(ރ) ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮސްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮސްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާން ކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ.

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިފާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ ''އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް''.

 

 

 

 

 

ވަޒީފާޔަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް އިމްތިހާނު ނުވަތަ ޕްރެކްޓިކަލް

20

އިންޓަރވިއު

35

ނޯޓު: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕްއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 06 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ނ.މަގޫދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާޔަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުން އީ-މެއިލް މި މަރުކަޒަށް ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ.)

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާޔަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓު: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށައަޅާފަރާތުގެ ނަންޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓުލިސްޓް ކުރުން:

މި ވަޒީފާޔަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާޔަށް ބަލައި، ވަޒީފާޔަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިހާން އޮންނާނީ، 07 ފެބްރުއަރީ 2024 އާއި 17 ފެބްރުއަރީ 2024 އާ ދެމެދު، ނ.މަގޫދޫ ސިއްހީމަރުކަޒުގައެވެ.

ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓު (A2 ޝީޓު) އާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2 ޝީޓު) އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމު ކުރެވޭނެއެވެ. ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ނ.މަގޫދޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6560042 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލްސާރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑު ތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

29 ޖަނަވަރީ 2024   

29 ޖަނަވަރީ 2024