ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2024/18
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 11 ފެބުރުވަރީ 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުއްޓަރާއި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ހިކިދަރު ހޮވުމާއި ގުޅޭ

ރަށުގެ ފުއްޓަރާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ހިކިދަރު ހޮވުމަށް ބޭނުންވާތީ ބައެއް ފަރާތްތަކުން އެކަމަށް އެދެމުންދާތީ އެކަމާއި ގުޅިގެން ދަންނަވަމެވެ. ކެނދިކުޅުދޫ ފުއްޓަރާއި، ކުޅިތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަރުވެފައިވާ ގަސްގަހުގެ ބުޑާއި ހިކިދަރު ހޮވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިފަދަ ސަރަަހައްދުތަކުން ދަރުހޮވަން ބޭނުންވާ ފަރާތްތަކުން 2024 ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ވަޑައިގެން ނުވަތަ ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18    ރަޖަބު   1445

29    ޖަނަވަރީ  2024

29 ޖަނަވަރީ 2024