މަސައްކަތް
ނަންބަރު: (IUL)GS127-B/2024/001
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 05 ފެބުރުވަރީ 2024 12:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މާކުރަތު ސްކޫލުގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު (1)

  މި ސްކޫލްގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖެނުއަރީ 30 ން 2024 ފެބުރުއަރީ 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. 
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބުރުއަރީ 07 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ފެބުރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މާކުރަތު ސްކޫލުގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ފެބުރުއަރީ 15 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
  6. ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

ރ. މާކުރަތު، ދިވެހިރާއްޖެ.

ފޯން:  6580333

އީ-މެއިލް: [email protected]

29 ޖަނަވަރީ 2024