ދިވެހިރާއްޖެ
`
ހުވަދުއަތޮޅު އުތުރުބުރީ ކޮންޑޭ ކައުންސިލްގެ އިދާރާ
ގއ. ކޮނޑޭ ، ދިވެހިރާއްޖެ
ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލު
ތަޢާރަފާއި ނަން އަދި މަޤްސަދު |
(ހ) |
މިއުޞޫލަކީ ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި ޤަވާޢިދު ނަންބަރު 2018/R-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދު) އަދި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ހުވަދުއަތޮޅު އުތުރު ބުރީ ކޮނޑޭ ކައުންސިލްގެ އިދާރާގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ. |
|
ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު |
|
ގއ. ކޮނޑޭ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން، ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުން، ދަނޑު ދޫކުރާނެ ތާރީޚެއް ކަނޑައެޅުމަށްފަހު، އިޢުލާނުކުރެވޭއިރު، ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކާއި އަދި ވަކިވަކި ދަނޑުބިންތައް އެނގޭނޭގޮތުގެމަތިން، އެކުލަވާލައި އާންމުކުރަންވާނެއެވެ. |
|
ދަނޑުބިން ދޫކުރުން |
(ހ) |
ދަނޑުބިން ދޫކުރަންވާނީ، ކައުންސިލުން އެކަމަށް ފުރުޞަތު ހުޅުވައިލަންގެން ޢާންމުކޮށް އިޢުލާންކުރުމަށްފަހުގެއެވެ. |
|
|
|
(ށ) |
ދަނޑުބިން ދޫކުރެވޭނީ މިކަމަށް އިޢުލާނުކުރުމުން، ކައުންސިލުން ދޫކުރާ، "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކެވެ. |
|
|
(ނ) |
މިޢުލާނުކުރެވޭ ޢަދަދަށްވުރެ، ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު އިތުރުވާ ކަމުގައިވަނީނަމަ، ބިން ލިބޭނީ، އެންމެ މަތިން މާރކްސް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ދިމާވާ ފަރާތްތަކަށެވެ. |
|
|
(ރ) |
ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އުޞޫލުގެ 4 ވަނަ މާއްދާ ނުވަތަ 5 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގިންތީގެ ތެރެއިން ގިންތިއަކަށެވެ. |
ގޭބިސީތަކަށް ބިން ދޫކުރުން |
(ހ) |
ގޭބިސީތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ. |
|
|
|
(ށ) |
މިގިންތީގެ ދަނޑުބިމަށް އެދި ހުށަހެޅޭނީ ކޮނޑޭގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން ކޮނޑޭގައި ރަށްވެހިވެ ދިރިއުޅޭ މީހުންނަށެވެ. އެގޮތުން ފާއިތުވި 5 (ފަހެއް) އަހަރުގައި އެ ފަރާތަކީ ކޮނޑޭގައި ދިރިއުޅެމުންދާ ފަރާތެއްކަމުގައި ވާންވާނެއެވެ. |
|
|
(ނ) |
މި ގިންތީގެ ދަށުން ކުރެވޭ އިޢުލާނުން ދޫކުރެވޭނީ ކޮންމެ ގޭބިސީއަކަށް 1 ދަނޑުބިމެވެ. |
|
|
(ރ) |
މި ގިންތީގެ ދަށުން ދޫކުރާ ބިން، 10،000 އަކަފޫޓަށް ވުރެ ބޮޑުވެގެންނުވާނެއެވެ. |
ވިޔަފާރިތަކަށް ބިން ދޫކުރުން |
(ހ) |
ވިޔަފާރި ތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުޞޫލުން ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ. |
|
|
|
(ށ) |
މިގިންތީގެ ދަނޑުބިމަށް ހުށަ ހެޅޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. އެގޮތުން، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާރޓްނާޝިޕް، ކުންފުނި އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. |
|
|
(ނ) |
މި ގިންތީގެ ދަށުން ބިން ދޫކުރާނީ، 1،000 އަކަފޫޓަށްވުރެ ކުޑަނުވާގޮތެއްގެމަތިން، 10،000 އަކަފޫޓުން 10،000 އަކަފޫޓުން ބޮޑު ކުރެވޭގޮތަށް 50،000 އަކަފޫޓުގެ ބޮޑުމިނަށެވެ. |
|
|
(ރ) |
މި ގިންތީގެ ދަށުން ދޫކުރެވޭ ދަނޑުބިންތައް ދޫކުރެވޭނީ ގިނަވެގެން މީލާދީ 49 (ސާޅީސް ނުވައެއް) އަހަރު ދުވަހަށެވެ. |
ދަނޑުވެރިކަން ކުރުން |
(ހ) |
ދަނޑުވެރިކަމަށް ދޫކުރެވޭ ބިމުގައި އިންދާ ހައްދަންވާނީ ކުރުމުއްދަތެއްގައި ނަފާ ލިބޭފަދަ ގަސްގަހެވެ. |
|
|
|
(ށ) |
ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގައި ދިވެހި ރުކާއި، ލަކުޑި ގަސްފަދަ ދަނޑުބިން ބޭކާރުވާފަދަ ގަސްގަހާގެހި އިންދާ ހެއްދުމަމަކީ މަނާކަމެވެ. އަދި އަނބު، ކުއްޅަވައް، މުރަނގަ، ބަނބުކެޔޮ، ދުނބުރި ސައްކެޔޮ، އޮޅުއަލަ އަދި ކުންނާރު، ފަދަ ގަސްތައް އިންދާ ހެއްދުމަކީ މަނާކަމެކެވެ. ބިމުގާ ބޮޑެތި ވަޅުގަޑު ކޮނެ އާނު ގަނޑު ނަގާ އަޑީގަ ހުންނަ ފަސްތައްނަގާ ބިން މައްޗައް ފަތުރާ ހެދުމަކީ މަނާކަމެކެވެ. |
|
|
(ނ) |
ވިޔަފާރި އުސޫލުން ދޫކުރާ ބިންތަކުގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތްތަކުގެ ތެރެއިން ފަތްކެޔޮ އިންދާ ހެއްދިދާނެއެވެ. |
ޢާއްމު މާއްދާތައް |
(ހ) |
ގއ. ކޮނޑޭ ކައުންސިލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ސަރަޙައްދުން ދޫކުރާ ބިން ފިޔަވައި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ކައުންސިލުގެ ހުއްދަނެތި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ކުރުމަކީ މަނާކަމެކެވެ. |
|
|
|
(ށ) |
މި އުސޫލުގެ ދަށުން ދަނޑުބިންތަކަށް ހުޅުވާލާ އެކަމަށް ހޮވޭ ފަރާތްތަކާއި މިކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއެކުރެވޭނެއެވެ. |
|
|
(ނ) |
މި އުސޫލަށް އަމަލު ކުރަން ފެށުމަށްފަހު ގޭގެއަށް ދޫކުރާ ދަނޑުބިން އެހެންފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. |
|
|
(ރ) |
އެއްވެސް ސަބަބަކާއިހެދި ދަނޑު ދޫކޮށްލަން ޖެހިއްޖެނަމަ، އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ. ދަނޑުބިން ދޫކޮށްލާއިރު ދަނޑުގައި ހުންނަ ގޮވާމާއި ކޮއްފައިވާ މަސައްކަތައް ކައުންސިލުން ބަދަލު ދޭކަށް ނުޖެހޭނެއެވެ. |
|
|
(ބ) |
ދަނޑުބިމުގައި ސިމެންތި ނުވަތަ އުވަ ބޭނުން ކޮށްގެން އެއްވެސް އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ހަދައިގެން ނުވާނެއެވެ. އަދި މިފަދަ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ހަދާފައިވާނަމަ މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ނައްތާލަން ވާނެއެވެ. މީގެތެރޭގައި ދަނޑުގެ ވަށައިގެން ޖަހާ ފެންސް ނުހިމެނޭނެއެވެ. ދަނޑުގައި ފެންސް ޖެހޭނީ މިކައުންސިލުން ދޫކުރާ ޙާއްސަ ހުއްދައެއްގެ ދަށުންނެވެ. |
ދަނޑުބިމަށް އެދި ހުށަހެޅުން |
(ހ) |
މި އުސޫލަށް އަމަލުކުރަން ފެށުމުން ދަނޑުބިންތަކަށް އެދުމުގެ ފުރުސަތު ކައުންސިލުން ހުޅުވަންވާނެއެވެ. |
|
|
|
(ށ) |
ކައުންސިލުން ދަނޑުބިން ދޫކުރުމަށް ފުރުސަތު ހުޅުވުމުން އެކަމަށް އެދޭ ފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދަނޑުބިމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ. |
ފީ ނެގުން
|
(ހ) |
އާންމު ދަނޑުވެރިކަމަށް ގޭބިސީތަކަށް ދަނޑުބިން ދޫކުރެވޭނީ އަކަފޫޓަކަށް މަހަކު 1 ލާރީގެ ރޭޓުންނެވެ. އަދި މި އުސޫލުން ދޫކުރާބިން ސާފްކޮށް ގޮވާން ކުރުމަށް އެއްވެސް ފީއަކާއި ނުލާ ފުރަތަމަ 3 މަސްދުވަސް ހިލޭ ދޫކުރެވޭނެވެ. |
|
|
|
(ށ) |
ވިޔަފާރި އުސޫލުންދޫކުރާ ދަނޑުބިން ދޫކުރެވޭނީ ބިޑު އުސޫލުން ހުޅުވާލުމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތްތަކަށެވެ. އެގޮތުން ހުށަހެޅޭ އަގު ވާންވާނީ އަކަފޫޓަކަށް މަހަކު 10 ލާރިއަށްވުރެން ކުޑަ ނުވާނޭ ރޭޓަކަށެވެ. ވިޔަފާރި އުސޫލުން ދޫކުރާބިން ސާފްކޮށް ގޮވާން ކުރުމަށް އެއްވެސް ފީއަކާއި ނުލާ ފުރަތަމަ 3 މަސްދުވަސް ހިލޭ ދޫކުރެވޭނެވެ. |
|
|
(ނ) |
ވިޔަފާރި އުސޫލުން ދޫކުރާ ދަނޑުބިމަށް ކަނޑައެޅިފައިވާ ފީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ކުރަންވާނެއެވެ. އަދި ބިމަށް އެދޭ ފަރާތުން ބޭނުންވެލައްވާނަމަ 1 އަހަރު ދުވަހުގެ ފީ އެކީ އެއްފަހަރާވެސް ދެއްކި ދާނއެވެ. |
|
|
(ރ) |
ގޭބިސީތަކަށް ދޫކުރާ ދަނޑުބިންތަކުގެ ފީ އެމަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ ދުވަހަކަށް 5ރ. ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ. |
|
|
(ބ) |
ވިޔަފާރިތަކަށް ދޫކުރާ ދަނޑުބިންތަކުގެ ފީ އެމަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ ދުވަހަކަށް 10ރ. ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ. |
|
|
(ޅ) |
ފީ ދެއްކުމަށްފަހު ދަނޑުވެރިޔާގެ އެދުމުގެ މަތިން ދަނޑު ވަކި ކުރިކަމުގަ ވިޔަސް ދައްކާފައިވާ ފީ އަނބުރާ ނުލިބޭނެއެވެ. |
|
|
(ކ) |
ފީ ދައްކާފައިވަނިކޮށް ކައުންސިލުން ދަނޑު ވަކި ކުރާނަމަ، ވަކި ކުރާމަހުން ފެށިގެން ކުރިއަށް ދައްކާފައިވާ ފީ އާއި ދަނޑަށް ކޮށްފައިވާ ޚަރަދު އަނބުރާ ދަނޑުވެރިޔާއަށް ދޭންވާނެއެވެ. |
|
|
(އ) |
ދަނޑުބިންތަކަށް ކަރަންޓް ލުމަކީ ދަނޑުބިން ލިބޭ ފަރާތެއްގެ ޒިންމާއެކެވެ. އަދި މިގޮތުން ކަރަންޓަށް ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދައްކާނީ ކަރަންޓުގެ ޚިދުމަތްދޭ ފަރާތަށް ދަނޑުބިން ލިބޭ ފަރާތުންނެވެ. |
|
|
(ވ) |
މި އުސޫލުގެ ދަށުން ދޫކުރާ ދަނޑުބިންތަކަށް އަހަރު ގުނަންފެށޭނީ ދަނޑު ދޫކުރާ ތާރީޚުން ފެށިގެނެވެ. |
ދަނޑު ވަކިކުރުން |
|
އަނަންވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ ނަމަ ދަނޑު ވަކި ކުރެވިދާނެއެވެ. |
|
|
|
(ހ) |
ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކުގައި 3 މަސްދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރުމަށް ފަށާފައިނުވުން. |
|
|
(ށ) |
ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގައި އެ ފަރާތަކުން އެކަށީގެންވާ ގޮތުގައި ދަނޑުވެރިކަން ކުރަމުންނުދާކަމަށް ކައުންސިލަށް ފެނުން. |
|
|
(ނ) |
ވިދިވިދިގެން 3 މަހު ފީ ނުދެއްކުން. |
|
|
(ރ) |
ކޮންމެ ދަނޑެއްގެ ވަށައިގެންވާ މަގުގެ ފުޅާމިނަށް ސާފުކޮށް ނުބެލެހެއްޓުން. |
|
|
(ބ) |
ދަނޑު ދޫކުރެވިފައިވާ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުން. |
|
|
(ޅ) |
ދަނޑު ދޫކުރެވިފައިވާ ފަރާތް ނިޔާވުން. |
|
|
(ކ) |
ވަށައިގެންވާ ދަނޑުބިންތަކަށާއި މާހައުލަށް ގެއްލުންވާފަދަ ކަމެއްކުރުން. |
އުޞޫލަށް ބަދަލު ގެނައުން |
|
ސަރުކާރުން ބިމާއި ބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢީދުތަކަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން ނުވަތަ އެކުލަވާލެވޭ ޤާނޫނާއި ޤަވާޢިދެއްގެ ދަށުން ނުވަތަ ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ކަމެއްގައި ކައުންސިލުން ނިންމާ ނިންމުމަކާއި ގުޅިގެން މި އުޞޫލަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި މިއުޞޫލު އިސްލާޙުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
ޢަމަލުކުރަން ފަށާ ތާރީޚު |
(ހ) |
މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލު މި ކައުންސިލުން ފާސްކޮށް އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެނެވެ. |
|
|
|
(ށ) |
މިއުސޫލުގައި ނުހިމޭކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ. |
|
|
(ނ) |
މި އުސޫލު ފާސްކުރުމުގެ ކުރިން ދޫކޮށްފައިވާ ދަނޑުބިންތައް މި އުސޫލުގެ ދަށުން އަންނަ އައު އިލްތިޒާމްތައް ފުރިހަމަ ކޮށް މި އުސޫލަށް އަމަކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކަންކަން ފުރިހަމަ ކޮށް ކައުންސިލާ އެކު އައު އެއްބަސްވުމެއްގައި ސޮއެކުރަންވާނެއެވެ. |
• މިއުޞޫލު ފާސްކުރެވުނީ 28 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވުނު މިކައުންސިލުގެ 04 ވަނަ ދަޢުރުގެ 131 ވަނަ ވަނަ ޢާއްމު ބައްދަލުވުމުގައެވެ.