ދިވެހިރާއްޖެ
މި އޮފީހުގެ (IUL) 14-A4/1/2024/6 (14 ޖަނަވަރީ 2024) ނަމްބަރު އިއުލާނާ ގުޅިގެން 23 ޖަނަވަރީ 2024 ގައި ބޭއްވުނު ނީލަމުގައި އެއްވެސް ފަރާތަކުންބައިވެރިވެފައިނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހު ހެނދުނު ސ.ގަން ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ތަކެތީގެ ބާވަތް |
ތަކެތީގެ ތަފްސީލް |
ގަޑި |
VAN
|
TOYOTA – ESTIMA (REG: G1876) MODEL NUMBER: TOYOTA-E-TCR-10G RRSEK
|
10:00 |
LAUNCH |
G6247A-02-10-T(1 YAMAHA) Launch-1 ދިގު މިން : 6.550 މީޓަރު ފުޅާ މިން : 2.280 މީޓަރު |
10:30 |
ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހު ހެނދުނު ސ.ގަން ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.