ދިވެހިރާއްޖެ
ތިރީގައިވާ މަޝްރޫޢުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ކުރެވުނު ނަންބަރު IUL)138-PIS2/1/2015/90)ފ(26 ފެބުރުވަރީ 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތަށް ބިޑު ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.
- ށ. ފޮނަދޫ މަގު ހެދުން
- ރ. އުނގޫފާރު މަގު ހެދުން
- ރ. މީދޫ މަގު ހެދުން
- ބ. އޭދަފުށި މަގު ހެދުން
- އދ. މަހިބަދޫ މަގު ހެދުން
- ތ. މަޑިފުށި ޝޯ ޕްރޮޓެކްޝަން
- ތ. ގުރައިދޫ ޝޯ ޕްރޮޓެކްޝަން
- ހއ. ތުރާކުނު ހާބަރު
- ޅ. ނައިފަރު ބޭރުތޮށި ހެދުން
މި މަސައްކަތާ ގުޅޭ މަޢުލޫމާތު މި މިނިސްޓްރީގެ ސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ފޯނު ނުވަތަ މެއިލް މެދުވެރިކޮށް ސާފުކުރެއްވޭނެ ކަމުގައި ދަންނަވަމެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004163 ފެކްސް:3004301
އީ-މެއިލް: [email protected]