މަސައްކަތް
ނަންބަރު: (IUL)438-RDS/1/2015/23
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 12 އޭޕްރިލް 2015 09:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ށ.ގޮއިދޫގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރުމަށް، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ށ.ގޮއިދޫގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރުމަށް، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.)ގެ ފަރާތުން ށ.ގޮއިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރުމުން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތުގެ މަޤުޞަދަކީ ށ.ގޮއިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހުއްދަ ހޯދުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އީ.ޕީ.އޭ ގައި ރަޖިސްޓަރީ ކުރެވިފައިވާ އީ.އައި.އޭ ކޮންސަލްޓެންޓުންނަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އީ.އައި.އޭ ރަޖިސްޓްރޭޝަން ސެޓުފިކެޓާއެކު ކޯޓޭޝަން (ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ވެފައިވާނަމަ ޖީ.އެސް.ޓީ ވަކިން އެނގޭނޭ ގޮތަށް، ޖީ.އެސް.ޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ ލިޔުމަކުން 12 އެޕްރީލް 2015 ގެ 9:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކުން 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 9:00 އަށް މި މިނިސްޓްރީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ށ.ގޮއިދޫގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރުމަށް، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ" މިހެން ޖެއްސެވުމަށްފަހު ތިރީގައިވާގޮތަށް އެޑްރެސްކޮށް ރައްދުކުރަންވާނެއެވެ. މިވަގުތުގެ ފަހުން ރައްދުކުރެވޭ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން

މާލެ، ދިވެހިރާއްޖެ

އީ.މެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ފޯން: 3018431 (960+)، ފެކްސް: 3018301 (960+)

06 އޭޕްރިލް 2015