ދިވެހިރާއްޖެ
އިޢުލާން
2024 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް "ކަނބާފާނު އެވޯޑް" މިނަމުގައި ރަށުގެ ރަށްވެހީންގެ ތެރެއިން ރަށުގެ ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ނިންމަވާފައެވެ. މިފަދަ އެވޯޑެއް ދިނުމުގެ މަޤްޞަދު ތަކަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުށްޓަށް ކޮށްދެއްވާފައިވާ ކަނބަލުންނާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމެވެ. ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ އަންހެން ކަނބަލުންގެ އަގު ވަޒަންކުރުމާ، ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާ، ޚިދުމަތްތެރީންނާ، ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ.
ވީމާ، އެކިއެކި ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތަކަށް (ކަނބަލުންނަށް) "ކަނބާފާނު އެވޯޑް" އަށްކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ. އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކުގައިވާ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2024 ފެބްރުވަރީ 25 ވަނަ ދުވަހުގެ 14:00 އެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
16 ރަޖަބު 1445