މަސައްކަތް
ނަންބަރު: GS69/BUDGET/2024/001
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 31 ޖަނަވަރީ 2024 10:30
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
މިލަންދޫ ސްކޫލްގެ 2024 ވަނަ އަހަރަށް ކުރަންޖެހޭ މަރާމަތުތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2024 ވަނަ އަހަރު މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28ޖަނަވަރީ 2024 އިން 30 ޖަނަވަރީ 2024  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  5. މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 31ޖަނަވަރީ 2024 ވާ ބުދަ ދުވަހު ހެނދުނު 10:30ގައި މިލަންދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
  6. ބިޑް ހުޅުވުން އޮންނާނީ 04ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިސްކޫލް އޮފީހުގައެވެ.
  7. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ.
  8.       އަދި  މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންނެވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

                

 

މިލަންދޫ ސްކޫލު

   ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

      ފޯން : 6540541

މެއިލް އެޑްރެސް: [email protected]

28 ޖަނަވަރީ 2024