ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2024/7
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:20
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސް.އެސް ޓީވީން ކުރިއަށް ގެންދާ އިސްރަށްވެހީންގެ ޤުރުއާން މުބާރާތުގައި ފ. ނިލަންދޫން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

1445ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން އެސް.އެސް.ޓީވީއިން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި ރާއްޖޭގެ އިސްރަށްވެހީންނަށް ޚާއްޞަކޮށްގެން މުޅިރާއްޖެއަށް ހުޅުވާލައިގެން ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިމުބާރާތަކީ އެމީހަކު ހުރިތަނެއްގައި ހުރެގެން ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުމުގެ ވީޑިއޯ ރެކޯޑުކޮށް ފޮނުވުމުން އެކިޔެވުން މުބާރާތުގައި ބައިވެރިކުރާގޮތަށް ހަމަޖައްސާފައިވާ މުބާރާތެކެވެ.

އެއްވަނައަށް އަންނަ ފަރާތަކަށް ޢުމުރާ ދަތުރެއް ލިބޭގޮތަށް ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވުޅުވާ ފަރާތްތަކުން އެސް.އެމްއެސް ކުރެއްވުން އެދެމެވެ. އެސް.އެމް.އެސް ކުރައްވާނެ ގޮތަކީ:

IR (space) Name, Age, Island (send to) 2747

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 ރަޖަބު 1445

28 ޖަނަވަރީ 2024

28 ޖަނަވަރީ 2024