މަސައްކަތް
ނަންބަރު: (IUL)253-OU-08275/253/2024/10
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 06 ޖަނަވަރީ 2024 10:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯޅިމަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކޯރުކޮނުމާއި ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މިރަށު އެކިއެކި ގޯޅިމަގުތަކުގައި އަލަށް ޖަހާ 14 މަގުމަތީ ބައްތި ޖެހުމަށް ބޭނުންވާ ކޯރުކޮނުމާއި ކޭބަލް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ކައުންސިލުން ކޭބަލް ދިނުމުން މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2024 ފެބްރުވަރީ 06 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2024 ފެބްރުވަރީ 11 ވާ އާދިއްތަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

18 ޞަފަރަ   1445

28 ޖަނަވަރީ 2024

28 ޖަނަވަރީ 2024