ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2024/28
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 29 ފެބުރުވަރީ 2024 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

1. 2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ. 2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރެވޭނީ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

2. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު 2024 ފެބުރުވަރީ 29 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

3. ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށްއެދި ފޯމު ހުށަހަޅުއްވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

ލިންކު: https://bit.ly/3Uc6i2r

4. ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް، 2024 ވަނަ ދިރާސީ އަހަރުގެ ވައުޗަރަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

5. މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އަދި، "ސްޓޭޝަނަރީ ވައުޗަރުތަކުގެ ލިސްޓް" އެޓޭޗް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 334 1460 / 334 1403

އީ-މެއިލް: [email protected]

28 ޖަނަވަރީ 2024