މަސައްކަތް
ނަންބަރު: (IUL)340/340/2024/7
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 05 ފެބުރުވަރީ 2024 11:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޓީޝާޓް ޑިޒައިންކޮށް ސަޕްލައިކޮށްދިނުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި ކައުންސިލާއި މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ވެރިންނާއި މުވައްޒަފުންނަށް ރަސްމީ ބޭނުންތަކުގައި ބޭނުންކުރުމަށް ޓީޝާޓްބައެއް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 ޖަނަވަރީ 25 އިން 2024 ފެބްރުވަރީ 05 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 ފެބްރުވަރީ 04 ވަނަ ދުވަހުގެ 10:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2024 ޖަނަވަރީ 28 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 ފެބްބުވަރީ 05 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ.

25 ޖަނަވަރީ 2024