ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) MBC-FP/MBC/2015/084
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 09 އޭޕްރިލް 2015 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
6 ކެމެރާއާއި އެއާ ގުޅޭ އެހެނިހެން ތަކެތި ވިއްކާނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/ENG/2015/055

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ބީ.ސީ.ގެ ބޭނުމަށް ހޯދާ 6 ކެމެރާއާ އެއާ ގުޅޭ އެހެނިހެން ތަކެތި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MBC-F/IU/2014/113 އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްޕްރޮޕޯޒަލްތަކުގައިވާ މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެ ބިޑްތައް ބާޠިލުކޮށް، ބިޑްޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015