ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހުގެ ލިފްޓު މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ މިޓްސުބިޝީ ބްރޭންޑްގެ 1 ލިފްޓު ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މެއިލް:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2024 ފެބުރުވަރީ 5 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ
14 ރަޖަބު 1445