ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/2015/58
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:31
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސިފައިންގެ ލަވަ ބޭނުންކުރުމާބެހޭ

ސިފައިންގެ ލަވަ "ޤައުމީ ޚިދުމަތް" ބޭނުންކުރުމާބެހޭ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ބޭނުން ކުރަމުން އަންނަ ސިފައިންގެ ލަވަ "ޤައުމީ ޚިދުމަތް" ވަނީ، 24 މާރިޗު 2015 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮފްމެންޓްގައި ރަޖިސްޓަރީކޮށް ކޮޕީރައިޓް ހަދާފައެވެ.

ވީމާ، މިމިނިސްޓްރީގެ ހުއްދައާނުލައި އެލަވަ އެއްވެސް ފަރާތަކުން ޢާންމުގޮތެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި މިމިނިސްޓްރީގެ ހުއްދަ ނެތި އެލަވަ ބޭނުންކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015