ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2024/19
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 20 ފެބުރުވަރީ 2024 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

          ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް 14 މާރޗް 2024 ން 15 މާރޗް 2024 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 25 ޖަނަވަރީ 2024 ން ފެށިގެން 20 ފެބްރުއަރީ 2024 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށީ ސްކޫލުންނާއި ހިންމަފުށީ ޕްރީސްކޫލުންނެވެ. އަދި މި އިޢުލާނުގެ ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.

މިމުބާރާތުގެ ޚާއްޞަ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

  • މުޅިމުބާރާތުން 1 ވަނަ އަށް ޢުމްރާ ދަތުރު
  • މުޅިމުބާރާތުން 2 ވަނަ އަށް -/12000ރ ( ބާރަހާސް ރުފިޔާ )
  • މުޅިމުބާރާތުން 3 ވަނަ އަށް -/7000ރ ( ހަތްހާސް ރުފިޔާ )

           މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖަނަވަރީ 2024