ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2024/9
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 12 ފެބުރުވަރީ 2024 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިދާރާގެ ނަންބަރު: (IUL)251-MS/251/2023/97 ( 17 ޑިސެންބަރ 2023 ) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ ، އެ އިޢުލާން ބާޠިލުކޮށް ، ޙިފްޘުކޮށް ތަރާވީޙު ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލަށް ބޭނުންވާތީ ، ޢާއްމުކޮށް އިޢުލާންކުރީމެވެ. 

ވީމާ،1445  ވަނަ އަހަރުގެ ރަމަޟާންމަހު ދިއްދޫގައި ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ބޭފުޅަކު މި ކައުންސިލަށް ހޯދަދިނުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކަން މި ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.

25 ޖަނަވަރީ 2024