ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-ADS/233/2024/1
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 07 ފެބުރުވަރީ 2024 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިޙާނު ދޭނެ އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ދެމުންގެންދާ އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ކުރިޔަށްގެންދިއުމަށް ޢަމަލީ އިމްތިހާނު ދޭނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:

02 (ފިރިހެން)، 02 (އަންހެން)

ޝަރުޠު:

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "A0,B1,B2,C1,C2" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ

 

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "A0,B1,B2" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން.

 

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނުތާ މަދުވެގެން، 3 އަހަރު ވެފައިވުން

 

ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

 

ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރިމީހަކަށްވުން.

 

ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރަމުންދާ މީހެއްކަމުގައި ނުވުމާއި، ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައިވާނަމަ، އެތަނުން ވަކިވިފަހުން 1 އަހަރުވެފައިވުން.

 

މި ކައުންސިލުން ޢަމަލީ އިމްތިޙާނު ޝެޑިއުލްކުރާ ވަގުތަށް އާދެވޭނެ މީހެއްކަމުގައި ވުން

މަސައްކަތް ކުރަންޖެހޭ ތަން:

ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތް އޮންނާނީ ރަސްދޫގައެވެ. މީގެ އިތުރަށް އަތޮޅުގެ ރަށްރަށުގައި ބާއްވާ ލައިސަންސް ބުރުތަކުގައި، މި ކައުންސިލުން އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

އުޖޫރަ:

ކޮންމެ އިމްތިހާނަކަށް، 50/- ރުފިޔާ.

އެޕްލިކޭޝަން ހުށަހަޅަންވީ ތަނާއި ސުންގަޑި

އއ.އަތޮޅު ކައުންސިލް އިދާރާއަށް ނުވަތަ އީ-މެއިލް ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން [email protected] މެއިލް ކުރެއްވުން އެދެން.

ސުންގަޑި: 2024 ފެބުރުއަރީ 07 ވަނަ ދުވަހުގެ، 14:00ގެ ކުރިން.

ހުށަހަޅަންޖެހޭ ތަކެތި:

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮފީ

އައިޑީކާޑުގެ ކޮޕީ

ވަނަވަރު

ޕޮލިސް ރިޕޯޓް

ތަޖުރިބާގެ ލިޔުން

އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާ ގޮތް

A0

B1

B2

C1

C2

ޖުމްލަ

A0-A1

B1-B3-B4

B1-B2-B3-B4

C1-C3-C4

C1-C2-C3-C4

ލައިސަންސް / ހުއްދަ ލިބިފައިވާ ކޮންމެ އުޅަނދަކަށް

9%

6.5%

9%

6.5%

9%

40%

ލައިސަންސް / ހުއްދަ ލިބުނުފަހުން 3 އަހަރަށްވުރެ ގިނަވުން ( އަހަރާއި، މަހާއި އަދި ދުވަހަށް މާކްސް ދެވޭނެ )

7%

7%

7%

7%

7%

35%

އެގްޒަމިނަރުގެ ގޮތުގައި މަސައްކަތްކޮށް ލިބިފައިވާ ތަޖްރީބާ

5%

5%

5%

5%

5%

25%

ޖުމްލަ

100%

އެގްޒިމިނަރުންގެ މުއްދަތު:

02 އަހަރު ދުވަސް (އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމުގެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ، ކޮންމެ ޖިންސަކުން 2، ޖުމްލަ 4 އެގްޒެމިނަރުންނާއެކު، 2 އަހަރު ދުވަހުގެ މުއްދަތަށް އެގްރިމެންޓް ކުރެވޭނެ އެވެ)

  ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑީގެ ކުރިން، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

25 ޖަނަވަރީ 2024