ދިވެހިރާއްޖެ
ރެފްރިޖަރެންޓް ރިކަވަރީ މެޝިން ދޭނެ ފަރާތްތައް ކަނޑައެޅުން
ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ ހައިޑްރޯކްލޯރޮފްލޯރޯކާބަންސް (އެޗްސީއެފްސީ) ބޭނުންކުރުން 2020ގެ ނިޔަލަށް ހުއްޓާލުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ފިނިކުރާ ނިޒާމުތަކުން މިފަދަ މާއްދާތައް ރިކަވަރ ކުރުމަށް ބޭނުންކުރާ މެޝިން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް އެދޭ، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މިނިސްޓްރީން ދޫކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 15 އެޕްރީލް 2015 ގެ 13:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިނިސްޓްރީގެ ވެބްސައިޓް (http://www.environment.gov.mv/v1/download/879) އިން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކޮށް މަޢުލޫމާތު ހުށަނާޅާ ފަރާތްތައް އިވެލުއޭޝަނުގައި ބައިވެރިނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ރިކަވަރީ މެޝިން ހަދިޔާކުރުމުގައި މިމިނިސްޓްރީގެ ފަރާތުން ހިންގާ ރެފްރިޖަރެންޓް ރިކަވަރީ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ނެޝަނަލް އޯޒޯން ޔުނިޓް
އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018369 ، 3018367
ފެކްސް: 3018301
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv