ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2015/18
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 09 އޭޕްރިލް 2015 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޢާންމު އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން

2015 ވަނަ އަހަރުގެ އެޕްރީލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން: 

2015 ވަނަ އަހަރުގެ އެޕްރީލްމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިމްތިޙާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2015 އެޕްރީލް 06 އިން ފެށިގެން 2015 އެޕްރީލް 09 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމަޔަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30 އަށެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. 

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015