ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:10
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1436 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ހުއްދަ ލިބުނު ފަރާތްތަކުން ފޯރުކޮށްދޭން އެއްބަސްވި ޚިދުމަތްތައް

1436 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބުނު ފަރާތްތަކުން ފޯރުކޮށްދޭން އެއްބަސްވި ޚިދުމަތްތައް

ތިރީގައި ބަޔާންކޮށްފައި މިވަނީ 1436 ވަނައަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހޮވުނު ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯޒަލުގައި އެ ކުންފުނިތަކުން ޙައްޖަށް ގެންދާ ފަރާތްތަކަށް ދިނުމަށް އެއްބަސްވެފައިވާ ޚިދުމަތުގެ ތަފުސީލެވެ. ތިރީގައި ބަޔާންކޮށްފައިވާ ފެންވަރަށް ޚިދުމަތް މި ކުންފުނިތަކުން ނުދޭނަމަ، އެކަމުގެ ޝަކުވާ ހެތްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުގެ އިޚުތިޔާރު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.

ޚިދުމަތް

މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް

ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ފްލައިޓް

ޗާޓަރުކޮށްފައި، އިކޮނޮމީ، ފަސްޓް، ބިޒިނަސް ކްލާހުގައި، ޑައިރެކްޓް (މެގަ މޯލްޑިވްސް)

ކޮންމެ ޙާޖީއަކަށް 25 ކިލޯ ބެގޭޖް އަދި 7 ކިލޯ އަތްދަބަހަށް (އިތުރުވާ ކޮންމެ ކިލޯއަކަށް -/42ރުފިޔާ)

ޗާޓަރުކޮށްފައި، އިކޮނޮމީ ކްލާހުގައި، ޑައިރެކްޓް (ސަޢުދީ އެއަރލައިން)

ކޮންމެ ޙާޖީއަކަށް 25 ކިލޯ ބެގޭޖް އަދި 10 ލީޓަރުގެ ޒަމްޒަމްފެން ހަން (އިތުރުވާ ކޮންމެ ކިލޯއަކަށް -/17 ރުފިޔާ)

ނޯމަލް، އިކޮނޮމީ ކްލާހުގައި، ޑައިރެކްޓް (މެގަ މޯލްޑިވްސް)

ކޮންމެ ޙާޖީއަކަށް 32 ކިލޯ ބެގޭޖް އަދި 5 ލީޓަރުގެ ޒަމްޒަމްފެން ހަން (އިތުރުވާ ކޮންމެ ކިލޯއަކަށް 123 ރުފިޔާ 36 ލާރި) 7 ކިލޯ އަތްދަބަހަށް، ފޮށީގެ ބަރުދަން 20 ކިލޯ

މާލެއިން ޖިއްދާއަށް ކުރާ ދަތުރުގައި އިތުރުވާ އެއްވެސް ކިލޯއަކަށް ފައިސާއެއް ނުނެގޭނެއެވެ. ނަމަވެސް ޖިއްދާއިން މާލެއަށް ކުރާ ދަތުރުގައި އިތުރުވާ ކޮންމެ ކިލޯއަކަށް ފައިސާ ނެގޭނެއެވެ.

ހޮޓާ (މައްކާ)

  • 3 ތަރީގެ އެއަރކޮންޑިޝަން ކޮށްފައިވާ ހޮޓަލެއް
  • 199 މީޓަރު ދުރުމިން (ފައިމަގުގައި)
  • ގިނަވެގެން 4 މީހުން
  • ހުރިހާ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ޓޮއިލެޓް
  • ލިފްޓުގެ އަދަދު-02
  • ކެއްކުމުގެ ހުއްދަ އޮންނަ ހޮޓަލެއް
  • ކެއުމަށް ޚާއްޞަ ތަނެއް ހޮޓަލުގައި ހުރޭ
  • ކޮޓަރި ސާފުކުރަނީ- ކޮންމެ ދުވަހަކު
  • ޙަރަމަށް ދާން ހަމަޖެހިފައިވަނީ ފައިމަގުގައި
  • ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތައް
  1. ވޯޓަރ ހީޓަރު
  2. އައިސް އަލަމާރި
  3. އިސްތިރި އަދި އިސްތިރިކުރާ މޭޒު
  4. ދޮންނަ މެޝިން
  5. އިންޓަރނެޓް
  6. ކެއުމާއި ސައި (ބުފޭ)
  • އެއަރކޮންޑިޝަންކޮށްފައިވާ ހޮޓަލެއް
  • 200 މީޓަރު ދުރުމިން (ފައިމަގުގައި )
  • ގިނަވެގެން 4 މީހުން
  • ހުރިހާ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ޓޮއިލެޓް
  • ލިފްޓުގެ އަދަދު-03
  • ކެއްކުމުގެ ހުއްދަ އޮންނަ ހޮޓަލުގައި
  • ފުލްބޯޑު
  • ކެއުމަށް ޚާއްޞަ ތަނެއް ހޮޓަލުގައި ހުރޭ
  • ކޮޓަރި ސާފުކުރަނީ- ކޮންމެ ދުވަހަކު
  • ޙަރަމަށް ދާން ހަމަޖެހިފައިވަނީ ފައިމަގުގައި
  • ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތައް
  1. ވޯޓަރ ހީޓަރު
  2. ކުޑަ ފްރިޖް
  3. ޓެލެފޯން
  4. މިނަރަލް ފެން/ޒަމްޒަމް ފެން
  5. ސީލިންގ ފޭން
  6. އިންޓަރނެޓް
  7. ކޭބަލް ޓީވީ (އެމްބީސީ ވަން)
  • 2 ތަރީގެ ފެންވަރުގެ ހޮޓަލެއް ފުލް ބޯޑާއި އެކު
  • އެއަރކޮންޑިޝަންކޮށްފައިވާ ހޮޓަލެއް،
  • 200 މީޓަރު ދުރުމިން (ފައިމަގުގައި )
  • ގިނަވެގެން 4 މީހުން
  • ހުރިހާ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ޓޮއިލެޓް އަދި ކޮމަން 5 ޓޮއިލެޓް
  • ލިފްޓުގެ އަދަދު-03
  • ކެއްކުމުގެ ހުއްދަ އޮންނަ ހޮޓަލެއް. ހޮޓަލުގައި
  • ކެއުމަށް ޚާއްޞަ ތަނެއް ހޮޓަލުގައި ހުރޭ
  • ކޮޓަރި ސާފުކުރަނީ- ކޮންމެ ދުވަހަކު އެއް ފަހަރު (ހަފްތާއަކު 7 ދުވަހު)
  • ޙަރަމަށް ދާން ހަމަޖެހިފައިވަނީ ފައިމަގުގައި
  • ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތައް
  1. ވޯޓަރ ހީޓަރު
  2. ޓީވީ
  3. އިންޓަކަމް ޓެލެފޯން
  4. އައިސް އަލަމާރި
  5. ވައިފައި ޚިދުމަތް
  6. ދޮންނަ މެޝިނެއް ކޮންމެ 5 ކޮޓަރިއަކަށް
  7. އިސްތިރި ކުރެވޭނެ އިންތިޒާމު

ހޮޓާ (މަދީނާ)

  • 5 ތަރީގެ އެއަރކޮންޑިޝަން ކޮށްފައިވާ ހޮޓަލެއް
  • 799 މީޓަރު ދުރުމިން (ފައިމަގުގައި)
  • ގިނަވެގެން 4 މީހުން
  • ހުރިހާ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ޓޮއިލެޓް
  • ލިފްޓުގެ އަދަދު-06
  • ކެއްކުމުގެ ހުއްދަ އޮންނަ ހޮޓަލެއް
  • ކެއުމަށް ޚާއްޞަ ތަނެއް ހޮޓަލުގައި ހުރޭ
  • ކޮޓަރި ސާފުކުރަނީ- ކޮންމެ ދުވަހަކު
  • ޙަރަމަށް ދާން ހަމަޖެހިފައިވަނީ ފައިމަގުގައި
  • ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތައް
  1. ވޯޓަރ ހީޓަރު
  2. އައިސް އަލަމާރި
  3. އިސްތިރި އަދި އިސްތިރިކުރާ މޭޒު
  4. ދޮންނަ މެޝިން
  5. އިންޓަރނެޓު
  6. ކެއުމާއި ސައި (ބުފޭ)
  • އެއަރކޮންޑިޝަން ކޮށްފައިވާ ހޮޓަލެއް
  • 60 މީޓަރު ދުރުމިން (ފައިމަގުގައި )
  • ގިނަވެގެން 4 މީހުން
  • ހުރިހާ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ޓޮއިލެޓް
  • ލިފްޓުގެ އަދަދު-06
  • ކެއްކުމުގެ ހުއްދަ އޮންނަ ހޮޓަލެއް
  • ފުލް ބޯޑު
  • ކެއުމަށް ޚާއްޞަ ތަނެއް ހޮޓަލުގައި ހުރޭ
  • ކޮޓަރި ސާފުކުރަނީ- ކޮންމެ ދުވަހަކު
  • ޙަރަމަށް ދާން ހަމަޖެހިފައިވަނީ ފައިމަގުގައި
  • ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތައް
  1. ވޯޓަރ ހީޓަރު
  2. ކުޑަ ފްރިޖް
  3. ޓެލެފޯން
  4. މިނަރަލް ފެން
  5. ސީލިންގ ފޭން
  6. އިންޓަރނެޓް
  7. ކޭބަލް ޓީވީ
  • 5 ތަރީގެ ހޮޓަލެއް ފުލް ބޯޑާއި އެކު
  • އެއަރކޮންޑިޝަންކޮށްފައިވާ ހޮޓަލެއް،
  • 200 މީޓަރު ދުރުމިން (ފައިމަގުގައި)
  • ގިނަވެގެން 4 މީހުން
  • ހުރިހާ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ޓޮއިލެޓް އަދި 5 ކޮމަން ޓޮއިލެޓް
  • ލިފްޓުގެ އަދަދު-06
  • ކެއްކުމުގެ ހުއްދަ އޮންނަ ހޮޓަލެއް. ހޮޓަލުގައި
  • ކެއުމަށް ޚާއްޞަ ތަނެއް ހުރޭ
  • ކޮޓަރި ސާފުކުރަނީ- ކޮންމެ ދުވަހަކު އެއް ފަހަރު (ހަފްތާއަކު 7 ދުވަހު)
  • ޙަރަމަށް ދާން ހަމަޖެހިފައިވަނީ ފައިމަގުގައި
  • ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތައް
  1. ވޯޓަރ ހީޓަރު
  2. ތުވާލި
  3. ޓީވީ
  4. އިންޓަރކަމް ޓެލެފޯން
  5. އައިސް އަލަމާރި
  6. ވައިފައި ޚިދުމަތް
  7. ފެންވަރާ ސާމާނު
  8. ދޮންނަ މެޝިނު ކޮންމެ 5 ކޮޓަރިއަކަށް
  9. އިސްތިރި ކުރެވޭނެ އިންތިޒާމް

ކެއިން ބުއިމުގެ އިންތިޒާމު

ފުލް ބޯޑު

ހޮޓަލުގެ ހުރިހާ ފަންގިފިލާއެއްގައި ފެންއަޅާފައިވާ ކޫލަރު ބެހެއްޓިފައި ހުންނާނެ

އިތުރު އަގަކާ ނުލައި އެޓޭޗްކުރެވިފައިވާ މެނޫގައިވާ ގަޑިތަކުގައި ކެއުމާއި އަދި ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ

މިނަރަލް ފެން އަދި މައްކާގައި ޒަމްޒަމް ފެން އިތުރު އަގަކާ ނުލައި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ

އިތުރު އަގަކާ ނުލައި އެޓޭޗްކުރެވިފައިވާ މެނޫގައިވާ ގަޑިތަކުގައި ކެއުމާއި އަދި ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ

ހެދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން

ފުލް ބޯޑު

ހޮޓަލުގައި ލިބޭނީ ޒަމްޒަމް ފެނާއި މިނަރަލް ވޯޓަރ، ހޫނުކޮށް އަދި ފިނިކޮށް ހުރިހާ ފަންގިފިލާއަކަށް ލިބޭނެ

އިތުރު އަގަކާއި ނުލައި އެޓޭޗްކުރެވިފައިވާ މެނޫގައިވާ ގަޑިތަކުގައި ކެއުމާއި އަދި ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ

ކެއުންހަމަޖައްސާފައިވާނީ ބުފޭ ސިސްޓަމަށެވެ.

 

ތާރީޚީ ތަންތަން ބެލުމުގެ އިންތިޒާމު

އިތުރު އަގަކާ ނުލައި މައްކާ އަދި މަދީނާގައި ތިރީގައިވާ ތަންތަނަށް މި ކުންފުންޏާއެކު ދާ ހުރިހާ ޙާޖީން ގެންދެވޭނެއެވެ.

މައްކާ:

  1. ޘައުރު ފަރުބަދަ
  2. ޙިރާ ފަރުބަދަ
  3. މިނާ
  4. ޖަމްރާތައް
  5. މުޒްދަލިފާ
  6. ޢަރަފާތު
  7. ޖިންނި މިސްކިތް
  8. ކިސްވަތު ކަޢުބާ
  9. މައްކާގެ އާސާރީ ތަންތަން

މަދީނާ:

  1. ޝުހަދާއު އުޙުދު
  2. ޤުބާ މިސްކިތް
  3. ޤިބްލަތައިން
  4. ސަބްޢު މަސާޖިދު
  5. ބަދުރު
  6. ޖަންނަތުލް ބަޤީޢު

އިތުރު އަގަކާ ނުލައި މައްކާ އަދި މަދީނާގައި ތިރީގައިވާ ތަންތަނަށް މި ކުންފުންޏާއެކު ދާ ހުރިހާ ޙާޖީން ގެންދެވޭނެއެވެ.

މައްކާ:

  1. ޘައުރު ފަރުބަދަ
  2. ޙިރާ ފަރުބަދަ
  3. މިނާ
  4. ޖަމްރާތައް
  5. މުޒްދަލިފާ
  6. ޢަރަފާތު
  7. ޖިންނި މިސްކިތް
  8. ކިސްވަތު ކަޢުބާ

މަދީނާ:

  1. ޝުހަދާއު އުޙުދު
  2. ޤުބާ މިސްކިތް
  3. ޤިބްލަތައިން
  4. ސަބްޢު މަސާޖިދު
  5. ބަދުރު

އިތުރު އަގަކާ ނުލައި މައްކާ އަދި މަދީނާގައި ތިރީގައިވާ ތަންތަނަށް މި ކުންފުންޏާ އެކު ދާ ހުރިހާ ޙާޖީން ގެންދެވޭނެއެވެ.

މައްކާ:

  1. ޘައުރު ފަރުބަދަ
  2. ހިރާ ފަރުބަދަ
  3. މިނާ
  4. ޖަމްރާތައް
  5. މުޒްދަލިފާ
  6. ޢަރަފާތު
  7. ޖިންނި މިސްކިތް
  8. ކިސްވަތު ކަޢުބާ

މަދީނާ:

  1. ޝުހަދާއު އުޙުދު
  2. ޤުބާ މިސްކިތް
  3. ޤިބްލަތައިނި
  4. ސަބްޢު މަސާޖިދު
  5. ބަދުރު

މިނާ އަދި ޢަރަފާތުގައި

މިނާގައި ލިބޭނީ ސޯފާ ޕެކޭޖް

ޢަރަފާތުގައި މޮބައިލް ޓޮއިލެޓު ބެހެއްޓިފައި ހުންނާނެ

މިނާގައި 1 ފާޚާނާ ޚާއްޞަކުރާނެ

މިނާގައި ލިބޭނީ ސޯފާ ޕެކޭޖް

ޢަރަފާތުގައި 2 މޮބައިލް ޓޮއިލެޓު ބެހެއްޓިފައި ހުންނާނެ

މިނާގައި 2 ފާޚާނާ ޚާއްޞަކުރާނެ

މިނާ ގައި ލިބޭނީ ސޯފާ ޕެކޭޖް

ޢަރަފާތުގައި 1 މޮބައިލް ޓޮއިލެޓު ބެހެއްޓިފައި ހުންނާނެ

މިނާގައި 1 ފާޚާނާ ޚާއްޞަކުރާނެ

އެހީތެރިންގެ އަދަދު

14 އެހީތެރިން (ޑޮކްޓަރަކު ނުވަތަ ހެލްތު ވޯކަރެއް، ނަރުހެއް، 2 ކައްކާމީހުން، 2 ކައްކާ މީހުންގެ އެހީތެރިޔާ، ދީނީ މުރުޝިދެއް، 7 އިދާރީ ހިންގާ ފަރާތް) ނުވަތަ ކޯޓާގެ އެހެންވީމާ އާންމު ކޯޓާގެ އަދަދަކީ 120

ކޮންމެ 10 މީހަކަށް 1 އެހީތެރިއެއް ހަމަޖައްސާފައި ވާނެ (13 އެހީތެރިން) އެހެންވީމާ ޢާންމު ކޯޓާގެ އަދަދަކީ 121

13 އެހީތެރިން (ޑޮކްޓަރެއް ނުވަތަ ހެލްތު ވޯކަރެއް، ނަރުހެއް، 6 ކައްކާ މީހުންނާއި ކާންދޭ މީހުން، 2 ދީނީ މުރުޝިދުން، 3 އިދާރީ ސްޓާފުން) ގިނަވެގެން ، ކޮންމެ 10 މީހަކަށް 1 އެހީތެރިއެއް، އެހެންވީމާ އާންމު ކޯޓާގެ އަދަދަކީ 121

ދީނީ އިރުޝާދު

ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދީނީ އިރުޝާދު ފޯރުކޮށްދޭނެއެވެ.

ހ. ރާއްޖޭގައި ޙައްޖު އަޅުކަން އަދާކުރާ މަޢުލޫމާތު ދިނުން

ސެޝަންގެ އަދަދު: 3 ސެޝަން   ދުވަހުގެ އަދަދު: 03 ދުވަސް

ހާޒިރުނުވާ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު: ސެޝަންތަކުގައި ދެވިފައިވާ މަޢުލޫމާތު ހިމެނޭ ލުއިފޮތާއި ސީޑީ ހިލޭ ހަވާލުކުރެވޭނެ

މަޢުލޫމާތު ދޭގޮތް: ލެކްޗަރ، ލެކްޗަރެއް ސުވާލާއި ޖަވާބާއެކު، މަލްޓިމީޑިއާ ޕްރެޒެންޓޭޝަނެއް، މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވަރކްޝޮޕް ސްޓައިލަށް

ޢިބާދާތު ކޭމްޕެއް

ޕްރެޝަރ މެނޭޖްމަންޓް ކައުންސިލިންގގެ 2 ސެޝަން، ސްޓްރެސް މެނޭޖްމަންޓުގެ 2 ސެޝަން، ބޭސިކް ކޮމިޔުނިކޭޝަނަލް ސްކިލް ޑިވެލޮޕްމެންޓުގެ 1 ދުވަހަށް ރާވައިގެން ކޯހެއް ހިންގުމަށާއި އަދި ބޭސިކް އިނގިރޭސި އަދި ބޭސިކް ޢަރަބިކް ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ

ދަތުރާ ބެހޭ މުހިންމު މަޢުލޫމާތު ދިނުމަށް 2 ސެޝަން ރާވާފައިވެއެވެ

މައްކާގައި

ހޮޓަލުގައި ކޮންމެ ދުވަހަކު ދަރުސް ދެވޭނެއެވެ

މިނާގައި ކޮންމެ ނަމާދަކަށްފަހު ދަރުސް ދެވޭނެއެވެ

ޢަރަފާތުގައި މެންދުރުފަހު ދަރުސް ދެވޭނެއެވެ

ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދީނީ އިރުޝާދު ފޯރުކޮށްދޭނެއެވެ.

ހ. ރާއްޖޭގައި ޙައްޖު އަޅުކަން އަދާކުރާ މަޢުލޫމާތު ދިނުން

ސެޝަންގެ އަދަދު: 5 ސެޝަން ދުވަހުގެ އަދަދު: 05 ދުވަސް

ހާޒިރުނުވާ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު: ސެޝަންތަކުގައި ދެވިފައިވާ ލެކްޗަރުތަކުގެ ކަރުދާސް ހަވާލުކުރެވޭނެއެވެ

މަޢުލޫމާތު ދޭގޮތް: ލެކްޗަރ، ޢިބާދާތު ކޭމްޕަކާއި އަދި ލެކްޗަރެއް ސުވާލާއި ޖަވާބާއެކު، މަލްޓިމީޑިއާ ޕްރެޒެންޓޭޝަނެއް، މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވަރކްޝޮޕް ސްޓައިލަށް

ޕްރެޝަރ މެނޭޖްމަންޓް ކައުންސިލިންގގެ 1 ސެޝަން، ސްޓްރެސް މެނޭޖްމަންޓުގެ 1 ސެޝަން، ބޭސިކް ކޮމިޔުނިކޭޝަނަލް ސްކިލް ޑިވެލޮޕްމެންޓުގެ 1 ދުވަހަށް ރާވައިގެން ކޯހެއް ހިންގުމަށާއި އަދި ބޭސިކް އިނގިރޭސި އަދި ބޭސިކް ޢަރަބިކް ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ

ދަތުރާ ބެހޭ މުހިންމު މަޢުލޫމާތު ދިނުމަށް 1 ސެޝަން ޖަލްސާގެ ސިފައިގައި ރާވާފައިވެއެވެ

ޞިއްޙީ މަޢުލޫމާތާއި، ސޭފްޓީ މެނޭޖްމަންޓު މަޢުލޫމާތު ދެވޭނެއެވެ

މައްކާގައި

ހޮޓަލުގައި ކޮންމެ ދުވަހަކު ދަރުސް ދެވޭނެއެވެ

މިނާގައި ކޮންމެ ނަމާދަކަށްފަހު ދަރުސް ދެވޭނެއެވެ ޢަރަފާތުގައި މެންދުރުފަހު ދަރުސް ދެވޭނެއެވެ.

ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދީނީ އިރުޝާދު ފޯރުކޮށްދޭނެއެވެ.

ހ. ރާއްޖޭގައި ޙައްޖު އަޅުކަން އަދާކުރާ މަޢުލޫމާތު ދިނުން

ސެޝަން ގެ އަދަދު: 28 ސެޝަން   ދުވަހުގެ އަދަދު: 28 ދުވަސް

ހާޒިރުނުވާމީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު: ޕޯސްޓަރ، އީމެއިލް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސެޝަންތަކުގައި ދެވިފައިވާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވ

މަޢުލޫމާތު ދޭގޮތް: ލެކްޗަރ، ލެކްޗަރެއް ސުވާލާއި ޖަވާބާއި އެކު، މަލްޓިމީޑިޔާ ޕްރެޒެންޓޭޝަނެއް، މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވޯރކްޝޮޕް ސްޓައިލަށް

ޕްރެޝަރ މެނޭޖްމަންޓް، ޢިބާދާތު ކޭމްޕެއް، ހަފްތާއަކު އެއްފަހަރު ކައުންސިލިންގ ގެ ސެޝަނެއް ކުންފުނީގެ އޮފީހުގައި އޮންނާނެ. ހަފްތާއަކު އެއްފަހަރު ސްޓްރެސް މެނޭޖްމަންޓުގެ  ސެޝަން، ބޭސިކް ކޮމިޔުނިކޭޝަނަލް ސްކިލް ޑިވެލޮޕްމެންޓުގެ 1 ދުވަހަށް ރާވައިގެން ކޯހެއް ހިންގުމަށާއި އަދި ބޭސިކް އިގިރޭސި އަދި ބޭސިކް ޢަރަބިކް ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ދަތުރަށް ފުރުމުގެ 4 ދުވަސްވަރު ކުރިން ދަތުރާއި ބެހޭ މަޢުލޫމާތު ދެވޭ ޚާއްޞަ ބައްދަލުވުމެއް ބޭއްވޭނެއެވެ.

މައްކާގައި

ހޮޓަލުގައި ކޮންމެ ދުވަހަކު ދަރުސްދެވޭނެއެވެ

މިނާގައި ކޮންމެ ނަމާދަކަށްފަހު ދަރުސްދެވޭނެއެވެ

ޢަރަފާތުގައި މެންދުރުފަހު ދަރުސްދެވޭނެއެވެ.

ރާއްޖެއިން ފުރުމުގެ ކުރިން އިތުރު އަގަކާ ނުލައި ދޭ ތަކެތި

ހުރިހާ އެއްޗެއް ދޭ

  1. ފޮށި
  2. އަތްދަބަސް
  3. އިޙްރާމް
  4. ބެޖު
  5. ޓެގް (ކާޑު)
  6. ޙައްޖު ފޮތް
  7. ދުޢާ ކާޑު
  8. ފައިވާންލާ ކޮތަޅެއް
  9. ސަޢުދީ ސިމް ކާޑެއް

ހުރިހާ އެއްޗެއް ދޭ

  1. ފޮށި
  2. އަތް ދަބަސް
  3. އިޙްރާމް
  4. ބެޖު
  5. ޓެގް (ކާޑު)
  6. ޙައްޖު ފޮތް
  7. ދުޢާ ކާޑު
  8. ފައިވާންލާ ކޮތަޅެއް

ހުރިހާ އެއްޗެއް ދޭ

  1. ފޮށި
  2. އަތް ދަބަސް
  3. އިޙްރާމް
  4. ބެޖު
  5. ޓެގް (ކާޑު)
  6. ޙައްޖު ފޮތް
  7. ދުޢާ ކާޑު
  8. ފައިވާންލާ ކޮތަޅެއް

ރާއްޖެއިން ފުރުމުގެ ކުރިން އިތުރު އަގަކާނުލައި ދޭ ޚިދުމަތްތައް

ޓްރެއިނިންގ އަދި ފޮށިތަންމަތި މާލެއިން ހުޅުލެއަށް ގެންގޮސްދިނުން

ޓްރެއިނިންގ އަދި ފޮށިތަންމަތި މާލެއިން ހުޅުލެއަށް ގެންގޮސްދިނުން

ޓްރެއިނިންގ އަދި ފޮށިތަންމަތި މާލެއިން ހުޅުލެއަށް ގެންގޮސްދިނުން

ރާއްޖެއިން ފުރުމަށްފަހު ޙާޖީންނަށް އިތުރު އަގަކާނުލައި ދެވޭނެ ތަކެއްޗާއި ޚިދުމަތްތައް

  1. މުޒްދަލިފާގައި ދޭ ކުނާ
  2. ޖަމްރާއަށް ހިލަ އުކާ ޓީޝާޓު
  3. ކަރަންސީ އެކްސްޗޭންޖުގެ ޚިދުމަތް
  4. ވީލް ޗެއަރ ސަރވިސަސް
  5. ކިލޯ ބަރުވެގެން ދައްކާ އަދަދު (ކިލޯއަކަށް 42 ރުފިޔާ)
  6. މަދުވެގެން 10 ލީޓަރުގެ ޒަމްޒަމް ފެން ކުންފުނީގެ ފަރާތުން ގަނެދިނުން
  7. ޙަދްޔު ކަތިލުން
  8. މުޒްދަލިފާގައި ދޭ ކުނާ
  9. ޖަމްރާއަށް ހިލަ އުކާ ޓީޝާޓު
  10. ކަރަންސީ އެކްސްޗޭންޖުގެ ޚިދުމަތް
  11. ވީލް ޗެއަރ ސަރވިސަސް
  12. ކިލޯ ބަރުވެގެން ދައްކާ އަދަދަކީ 15 ރުފިޔާ
  13. މަދުވެގެން 10 ލީޓަރުގެ ޒަމްޒަމް ފެން ކުންފުނީގެ ފަރާތުން ގަނެދިނުން
  1. މުޒްދަލިފާގައި ދޭ ކުނާ
  2. ޖަމްރާއަށް ހިލަ އުކާ ޓީޝާޓު
  3. ކަރަންސީ އެކްސްޗޭންޖުގެ ޚިދުމަތް
  4. ވީލް ޗެއަރ ސަރވިސަސް
  5. ކިލޯ ބަރުވެގެން ދައްކާ އަދަދަކީ 15 ރުފިޔާ
  6. މަދުވެގެން 10 ލީޓަރުގެ ޒަމްޒަމް ފެން ކުންފުނީގެ ފަރާތުން ގަނެދިނުން
  1. މުޒްދަލިފާގައި ދޭ ކުނާ
  2. ޖަމްރާއަށް ހިލަ އުކާ ޓީޝާޓު
  3. ކަރަންސީ އެކްސްޗޭންޖުގެ ޚިދުމަތް
  4. ވީލް ޗެއަރ ސަރވިސަސް
  5. ހިލޭ ލިބޭ ކިލޯ އަށް ވުރެ ބަރު ވެއްޖެނަމަ. ކިލޯ ބަރުވެގެން ދައްކާ އަދަދު (123.36)
  6. 5 ލީޓަރުގެ ޒަމްޒަމް ފެން ކުންފުނީގެ ފަރާތުން ގަނެދިނުން

ދަތުރުގެ މުއްދަތު

20 ޛުލްޤަޢިދާ އިން 20 ޛުލްޙިއްޖާ އަށް

27 ދުވަސް މައްކާގައި

03 ދުވަސް މަދީނާގައި (ޙައްޖުގެ ކުރިން)

  17،18،19،20  ޛުލްޤަޢިދާ އިން

 ޛުލްޙިއްޖާ އަށް F21،20،19،18،17

މައްކާ 25 ދުވަސް

މަދީނާ 5 ދުވަސް (ޙައްޖުގެ ކުރިން)

01 ސެޕްޓެމްބަރު އިން 30 ސެޕްޓެމްބަރ

މައްކާ-27 ދުވަސް

މަދީނާ- 3 ދުވަސް (ޙައްޖުގެ ކުރިން)

އިތުރު ކަމެއް

 _

މައްކާ އަދި މަދީނާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަކި ކޮޓަރިއެއް ޤާއިމުކޮށް، ޚާއްޞަކޮށްފައިވާ ވަކި ގަނޑިތަކެއްގައި ޑޮކްޓަރު ބައްލަވާނެއެވެ. އެއީ ހެނދުނު 9:00 އިން 10:30 އަދި މެންދުރުފަހު، 4:30 އިން 5:30 އަށެވެ. އަދި އިމަރޖެންސީއެއް ދިމާވެއްޖެނަމަ ކޮންމެ ވަގުތަކުވެސް ޑަކްޓަރުގެ ޚިދުމަތް ލިބޭނެއެވެ. މިނާ އަދި ޢަރަފާތުގައި އެކަމަށް ޚާއްޞަކުރެވިފައިވާ ފޭލިގެއެއްގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ. މަޢުލޫމާތު ދެއްވުމަށްޓަކައި އަންހެން ކަނބަލުންނަށް ޚާއްޞަ ބޭކަނބަލެއް އަދި ފިރިހެން ބޭކަލުންނަށް ޚާއްޞަ ޢަރަބި ދަންނަ މީހުން ތިއްބަވާނެއެވެ. އަދި ޞިއްޙީ މަޢުލޫމާތު ދެއްވުމަށް ޚާއްޞަ ޑޮކްޓަރަކާއި ނަރުހެއް ހުންނަވާނެއެވެ

 

އަގު

69,969.00

ޕެކޭޖުގައި ނުހިމެނޭ ގޮތަށް ކޮޓަރިއެއް ނެގުމަށް ރިކުއެސްޓު ކުރާނަމަ ޕެކޭޖުގެ އަގަކީ:

100,809.00

69,969.00

ޕެކޭޖުގައި ނުހިމެނޭ ގޮތަށް ކޮޓަރިއެއް ނެގުމަށް ރިކުއެސްޓު ކުރާނަމަ ޕެކޭޖުގެ އަގަކީ:

99,769.00

69,969.00

ޕެކޭޖުގައި ނުހިމެނޭ ގޮތަށް ކޮޓަރިއެއް ނެގުމަށް ރިކުއެސްޓު ކުރާނަމަ ޕެކޭޖުގެ އަގަކީ:

101,657.34

30 މާރިޗު 2015