ބީލަން
ނަންބަރު: (IUL)275-PM/275/2024/6
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 12 ފެބުރުވަރީ 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބަނދަރު ހިޔާގެ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

 

                  މިކައުންސިލުގެ ފަރާތުން އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބަނދަރު ހިޔާގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން

                  މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

  • 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން
  • 01 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން  

  • ·         04 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހު 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމު

ބީލަން ހުށަހެޅުން

  • 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި

                  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

                  މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.

24 ޖަނަވަރީ 2024