ދިވެހިރާއްޖެ
މިމިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1ޑެސްކް ޓޮޕް ކޮމްޕިއުޓަރ ސިސްޓަމްސް – އަދަދު: 3
DELL Optiplex 9020 MT Computer System |
Model |
R Intel Q87 Express Chipset Intel Core i7-4790 Processor (Quad core, 3.6GHz, 8MB Cache, w/Hd Graphics 4600) |
Processor |
Intel Q87 Express Chipset |
Chipset |
16GB 1DIMM NON-ECC, 1600MHz |
Memory |
X2 500GB 3.5inch Serial ATA (7,200 Rpm) Hard Drive |
Hard Disk |
16X Half Height DVD+/-RW Drive |
Optical |
MSI Nvidia 1GB DDR3 N210Graphics Card (VGA & DVI Dual Display Capable) |
Graphics |
Internal Dell Business Audio Speaker |
Speaker |
US English (QWERTY) Dell KB212-B QuietKey USB Keyboard Black |
Keyboard |
Dell MS111 USB Optical Mouse |
Mouse |
Intel 1217LM Ethernet LAN 10/100/1000 |
Network |
4 External USB 3.0 ports (2front, 2 rear) and 6 External USB 2.0 ports (2 front, 4 rear, except USFF – 4 rear only) and 2 internal USB 2.0 (MT only); 1 RJ-45; 1 serial; 1 VGA; 2 Display Port; 2PS/2; 2 Line-in (stereo/microphone), 2 Line-out (headphone/speaker) |
Ports |
X2 Dell E Series E2414H 24” Wide Screen Monitor with LED Back Light |
Monitor |
Windows 7 Professional, English 64bit (includes Windows 8.1 Pro 64 bit License and Media) |
މިނިސްޓްރީން ބަލާނެ ކަންތައްތައް
- ހުށަހަޅާ އައިޓަމްތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މިކަރުދާހުގައިވާ ބަޔާންކޮށްފައިވާ ފެންވަރަށެވެ.
- ބިޑް އިވެލުއޭޓްކުރާއިރު ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް ތަޖުރިބާ ހުރި ފަރާތްތަކާއި އަދި އާފްޓަރސޭލް ސަރވިސް/ މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރީގައި ކޮށްފައިވާ މަސައްކަތުގެ ރިފަރެންސް ލެޓަރ ހުށަހަޅަންވާނެއެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެއެއްޗެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
- ތަކެއްޗަށް އަގުދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ.
- ހުށަހަޅާ އަންދާސީހިސާބު 60 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން.
1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
2. ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.
3. ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ އަދަދުންނެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
60% |
|
(Benchmark Price / Submitted Price) x Allocated Percentage |
ޑެލިވަރީ ޕީރިއަޑް |
10% |
|
(Benchmark Delivery / Submitted Delivery) x Allocated Percentage |
ތަކެތީގެ ވޮރަންޓީ |
15% |
|
(Warranty Period / Bench Mark) x Allocated Percentage |
ސަރވިސް ވޮރަންޓީ |
10% |
|
(Warranty Period / Bench Mark) x Allocated Percentage |
ކޮމްޕެނީ ޕްރޮފައިލް |
5% |
|
Based on the reference letters points will be awarded. More points given if similar works have been carried out before. |
- ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
- ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު 8 އެޕްރީލް 2015 ގެ 14:00 އަށް މިމިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
ސީ.ޕީ.އެމް.ޔޫ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 8 އެޕްރީލް 2015 ގެ 14:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333155 އަށް ގުޅުއްވުން އެދެމެވެ.
11 ޖުމާދަލްއާޚިރާ 1436