މަސައްކަތް
ނަންބަރު: 116-FB2/IL/2024/28
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި: 31 ޖަނަވަރީ 2024 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އޮފީސް އިމާރާތެއް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި މި ކުންފުނީގެ "އެއާރލައިން އިންޖިނިއަރިންގް އޮފީސްތައް" އައު ސަރަހައްދަކަށް ބަދަލުކުރުމުގައި ހިމެނޭ އުމްރާނީ މަސައްކަތްތަކެއް މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ދެ ބުރީގެ "ޖީ.އައިި ޕައިޕް ސްޓްރަކްޗާރ" ހެދުން، ކޮނުން، މޭސަންރީ، ކޮންކްރީޓް އަދި ދަގަނޑުގެ މަސައްކަތްތައް،  ޕާޓިޝަން ޖެހުން، ފުރާޅުލުން، އެލުމިނިއަމް ކްލެޑިން، ދޮރު/ކުޑަދޮރު ހެދުމާއި ހަރުކުރުން، ޑްރެއިނޭޖް، ފެންހޮޅި، ނަރުދަމާ، ކަރަަންޓު، އެޗްވެކް އަދި އަލިފާން ނިއްވާ ނިޒާމް، ފޯނު އަދި އިންޓަނެޓް ވަޔަރުކުރުން އަދި ތަޅާލުންފަދަ އެންމެހާ މަސައްކަތްތައް ހިމެނެއެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 31 ވާ ބުދަދުވަހުގެ ހެދުނު 10:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

   މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC01 ދާއިރާއިން 1، 2، 3، 4، 5، ނޫނީ 6 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

   ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 ފެބުރުވަރީ 4 ވާ އާދިއްތަދުވަހުގެ ހެދުނު 10:30 ގައި މި ކުންފުނީގެ މައި އިދާރާ (ވީ.އައި.އޭ)ގައި އޮންނާނެއެވެ. 

   "ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ފެބުރުވަރީ 14 ވާ ބުަދަދުވަހުގެ ހެދުނު 10:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުވަރީ 14 ވާ ބުދަދުވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aeroއަށެވެ.

24 ޖަނަވަރީ 2024