ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-AHI/230/2024/8
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 31 ޖަނަވަރީ 2024 00:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކާމިޔާބު ކުރިފަރާތް އާއްމުކުރުން

                  މިއިދާރާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ " މާފަރު" ލޯންޗާއި މާފަރު ލޯންޗުން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯރ ސްޓްރޯކް 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ޢާއްމު ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2023/61 (20.12.2023) އިޢްލާނާއި ގުޅިގެން ސިޓީލާ ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން، ސ. ހިތަދޫ/ އެމެރަލްޑް ސޭންޑް ޢަލީ މުޞްތަފާ މުޙައްމަދު (A019333) 22 ޖަނަވަރީ 2024 ވަނަ ދުވަހު 08.36 ގައި ހުށަހެޅުއްވި އަގު 620,620.00 (ހަލައްކަ ވިހިހާސް ހަސަތޭކަ ވިހި ރުފިޔާ) މިއިދާރާގެ ނޯޓިސް ބޯޑުގައާއި ފޭސްބުކް ޕޭޖްގައި ޢާއްމު ކުރެވިފައިވަނީ، 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14.00 ގައެވެ. މިދެންނެވި ނީލަމާއި ގުޅޭ ގައިޑް ލައިންގައި ބަޔާން ކުރެވިފައިވާގޮތުން އެދުވަހެއްގެ 13.00 އާއި ހަމައަށް ނީލަމަށް ހުށަހެޅޭ އަގު ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 48 (ސާޅީސް އަށެއް) ގަޑިއިރު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. އެހެންކަމުން، ދެންނެވިފައިވާ އިޢްލާނުގައި ބަޔާން ކުރެވިފައިވާ ނީލަމުގައި ބައިވެރިވުމަށްއެދި ސ.ހިތަދޫ/ އެމެރަލްޑް ސޭންޑް ޢަލީ މުޞްތަފާ މުޙައްމަދު (A019333) ސިޓީން އަގު ހުށަހަޅާފޯމުން އަގު ހުށަހެޅުއްވި ތާރީޚް ކަމުގައިވާ 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13.00 ފެށިގެން 24 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13.00 އާއި ހަމައަށް އިތުރު އަގެއް ހުށަހެޅިފައިނުވާތީ ސ. ހިތަދޫ/ އެމެރަލްޑް ސޭންޑް ޢަލީ މުޞްތަފާ މުޙައްމަދު (A019333) ނީލަން ކާމިޔާބުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

                  މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                       13  ރަޖަބް    1445

24 ޖަނަވަރީ 2024