މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/26
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 19:27
ސުންގަޑި: 12 އޭޕްރިލް 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ 3 ސަރަޙައްދެއްގެ އީ.އައި.އޭ ހެދުމާ ގުޅޭ

އައްޑޫސިޓީގެ 03 ސަރަޙައްދެއްގެ އީ.އައި.އޭ ހެދުމާގުޅޭ

އައްޑޫސިޓީގެ މަގުތައް މަރާމާތުކުރުމަށާއި ރައްޔިތުންގެ އެކިއެކި ބޭނުމަށް ފަސް ނެގުމަށްޓަކައި ހިތަދޫ އަވަށު އަދި މަރަދޫ އަވަށުގެ ގޮނޑުދޮށުން 03 ސަރަޙައްދެއްގެ އީ.އައި.އޭ ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 05 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015