ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2024/15
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 07 މާރިޗު 2024 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސްއެސް ޓީވީގެ ޤުރުއާން މުބާރާތް

އިޢުލާން

 އެސްއެސް ޓީވީގެ ޤުރުއާން މުބާރާތް

ރަމްޟާން މަހަށް ޚާއްސަކޮށްގެން އެސްއެސްޓީވީން ރާއްޖޭގެ އިސްރަށްވެހީންނަށް ޚާއްސަ ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން ދާކަމުގައި މިކައުންސިލްއަށް ވަނީ އަންގަވާފައެވެ.

މި މުބާރާތަކީ އެމީހަކު ހުރި ތަނެއްގައި ހުރެގެން ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުމުގެ ވީޑިއޯ ރެކޯޑް ކޮށްލާފައި ފޮނުވުމުން އެ ކިޔެވުމެއް މިމުބާރާތުގައި ބައިވެރި ކުރެވޭގޮތަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ނަމްބަރަށް އެސްއެމްއެސް ކުރެއްވުމުން އެފަރާތަކާއި ގުޅައިގެން އިތުރު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނެ ގޮތަކީ: IR (space) Name, Age, Island (send to) 2747 އެވެ.

v     މި މުބާރާތުގެ އެއްވަނަ އިނާމަކަށް ހަމަޖައްސާފައިވަނީ ޢުމުރާ ދަތުރެކެވެ.

                     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.           

24 ޖަނަވަރީ 2024