ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ހއ. ހޯރަފުށީގައި ސަރުކާރުން ޤާއިމުކޮށްދެއްވާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ތިރީގައި މިދަންނަވާ ކުޅިވަރު ކޯޓްތަކުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
- ފުޓްބޯޅަ ސްޓޭޑިއަމްގައި ލައިޓް ޖަހައިދިނުން
- ވޮލީކޯޓް ތަރައްޤީކުރުން
- ބާސްކެޓްކޯޓް ތަރައްޤީކުރުން
- ނެޓްބޯޅަކޯޓް ތަރައްޤީކުރުން
- ބަށިކޯޓް ތަރައްޤީކުރުން
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުން |
05 އެޕްރީލް 2015 |
އާދީއްތަ |
14:00 |
އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި |
12 އެޕްރީލް 2015 |
އާދީއްތަ |
14:00 |
މިމަސައްކަތްތަކާ ގުޅޭ އަންދާސީހިސާބު ހުށަހަޅާ ފޯމާ ހަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެވަޑައިގަންނަވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވެވަޑައިގަންނަވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކަމާބެހޭ ބޭފުޅުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖުމާދަލްއާޚިރާ 1436