ދިވެހިރާއްޖެ
އިޢުލާން
ވޯޓަރ ސްޕޯރޓްސްގެ މަސައްކަތްކުރުމަށް ވަގުތީ 4 ބިން ކުއްޔަށް ދިނުމަށް ކުރެވުނު އިދާރާގެ ނަންބަރު (IUL)335-AS/335/2023/138 ( 21 ނޮވެމްބަރ 2023 ) އިޢުލާނާއި ގުޅިގެން ބިޑް އިވެލުއޭޓް ކޮށްފައިވާ ގޮތުގެ މައްޗަށް ބަލާ މި މި އިދާރާގެ ބިޑް ކޮމެޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ޖަލްސާއިން ނިންމާފައިވާ ޝީޓް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ބިޑް ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތް) ދުވަހުގެ ތެރޭގައެވެ.
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީ.މެއިލް :[email protected]
ފޯން ނަންބަރު :- 6642024