ނޫސްބަޔާން
ނަންބަރު: HDFC/PR/2015/01
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 19:00
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮއަގުގައި ޚިދުމަތް ިނުމުގައި ކުރިއަށް.

އެޗް.ޑީ.އެފް.ސީ ގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮއަގުގައި ޚިދުމަތްދިނުމުގައި ކުރިއަށް...

އެޗް.ޑީ.އެފް.ސީ އިން ދިވެހިރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމުގައި ހޭދަކުރި ކާމިޔާބު ދިހައަހަރު ދުވަހުގެތެރޭގައި 1.5 ބިލިޔަން ރުފިޔާ ގެދޮރު ގަތުމަށް ނުވަތަ އިމާރާތް ކުރުމަށް އެތައްހާސް ދިވެހިރައްޔިތުންނަށް ވަނީ ދޫކޮށްފައެވެ. މިކާމިޔާބީގައި އެންމެ ބޮޑަށް ހިއްސާވާ އެއްފަރާތަކީ މިކުންފުނީގެ ކަސްޓަމަރުންކަން އުފަލާއެކު ފާހަގަ ކުރަމެވެ.

މިގޮތުން މިފަދަ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި މިކުންފުނީގެ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ވީހާވެސް ލުއި އަގެއްގައި ޚިދުމަތް ދިނުމަށްޓަކައި މިހާރު ހައުސިންގ ލޯނު ދޫކުރާ ރޭޓްތަކަށާއި، ލޯނު އަނބުރާ ދައްކަން ދެވޭ މުއްދަތު ވަނީ ބަދަލު ކުރެވިފައެވެ.

މިހާރު ހައުސިންގ ލޯނު ދޫކުރާ ރޭޓްތަކުން "50 ބޭސިސް ޕޮއިންޓް" (އަހަރަކަށް 0.5 އިންސައްތަ) ހެޔޮކޮށް، ލޯނު އަނބުރާ ދައްކަން ދެވޭ މުއްދަތު ވަނީ 20 އަހަރަށް 01 އެޕްރީލް 2015 އިން ފެށިގެން އިތުރުކޮށްފައެވެ. މީގެ ސަބަބުން މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދަށްވެ ގިނަ ބަޔަކަށް ހައުސިންގ ފައިނޭންސިންގގެ ފުރުޞަތު ފަހިވެގެން ދާނެއެވެ. އަދި މީގެއިތުރުން މިހާރު މިކުންފުނިން ލޯނު ނަންގަވާ، ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ރޭޓްވެސް "25 ބޭސިސް ޕޮއިންޓް" (އަހަރަކަށް 0.25 އިންސައްތަ) ހެޔޮކުރުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ހަމަޖެހުމާއެކު މިހާރުވެސް މަހުން މަހަށް ދައްކަވަންޖެހޭ އަދަދު ދައްކަވަމުން ދާނަމަ، ނަންގަވާފައިވާ ފައިނޭންސިންގ ފެސިލިޓީ ނުވަތަ ލޯނު ޚަލާޞްކޮށް ނިމޭނެކަމަށް ކުރިން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އަވަސްވެ މާލީ ނަފާ ލިބިގެންދާނެއެވެ.

ވީމާ، މިވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގައި އިޢުލާން ކުރީމެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015