ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުދުވަހަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށް ދިނުމަށް ޝައުޤުވެރިވާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު
ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 ޖަނަވަރީ 2024 އިން 05 ފެބުރުވަރީ 2024 އަށް ބަންދުނޫން ކޮންމެ
ދުވަހަކު 8.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފްކުރައްވަން ބޭނުންވެ ލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ
06 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައިމިސްކޫލުގެ އޮފީހުގައެވެ. ބީލަމަށް ރަޖިސްޓްރީ ކުރުމަށް
ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރެވިފައިނުވާ ފަރާތްތަކުން ވެސް ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެ މައުލޫމާތު
ސާފްކުރުމަށްފަހު ބީލަން ހުށަހެޅުމުގެފުރުސަތު އޮންނާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ގައި
މިސްކޫލް އޮފީހުގައެވެ.
ސެކިއުރިޓީ ޚިދުމަތް ދިނުމަށް ކުރިމަތި ލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
މަސައްކަތުގެ އަގު 80 ޕަސެންޓް
މަސައްކަތުގެ ތަޖުރިބާ 10 ޕަސެންޓް
ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 10 ޕަސެންޓް
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަތަފަންދޫ ސްކޫލް
ގދ ރަތަފަންދޫ، ދިވެހިރާއްޖެ
ފޯން: 7983087
އީމެއިލް: [email protected]