މަސައްކަތް
ނަންބަރު: (IUL)343-AS/343/2024/12
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 31 ޖަނަވަރީ 2024 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ކުނިކޮށީގައި ފާޚާނާއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

                      އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ކުނިކޮށީގައި ފާޚާނާއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން ތިރީގައި ބަޔާންކުރެވިފައިވާ މައުލޫމާތާއި އެއްގޮތަށް މަސައްކަތު އަގުބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަސައްކަތްތަކުގެ ތަފްސީލް:

1. 4 ފޫޓް ފުޅާ، 7 ފޫޓް ދިގު، 9 ފޫޓް އުސްމިނުގެ ފާޚާނާއެއް މިހާރު ހުރި އިމާރާތުގެ ތެރެއިން ރާނައި ސިމެންތިޖެހުން

2. ފާޚާނާގެ ބިތުގަ އަދި ތަޅުމުގައި ފްލޯ ޓައިލްސް ޖެހުން (ކޮލިޓީ ރަގަޅު މުށީ)

3. ފާޚާނާ ތަށި، މޫނުދޮންނަ ތަށި، އިސްކުރު، ރެއިން ޝަވަރ ހެޑް، ނޯމަލް ޝަވަރ އަދި މުސްލިމް ޝަވަރ ލުން (ކޮލިޓީ ރަގަޅު)

4. ފާޚާނާގައި ފައިބަރ ދޮރާއި ދޮރުފަތް، ތަޅުލުން

5. ފީވީސީ ސީލިންގ ކުރުން

6. ސީލިންގ މައުންޑް ލެޑް ލައިޓާއި ސްވިޗް އަދި ސޮކެޓް ހަރުކުރުމާއި އަދި ވައިރިންގ މަސައްކަތް ކުރުން (އޭބީބީ ނުވަތަ ކްލިޕްސަލް ބްރޭންޑްގެ ސޮކެޓާއި ސްވިޗް އަދި ލެޑްވާންސް ބްރޭންޑްގެ ލައިޓް)

7. އެގްޒޯސްޓް ހަރުކުރުން

8. ކުލަލުން

9. އިމާރާތް ނިންމުމުގެ ގޮތުން އިމާރާތުގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 ޖެނުއަރީ 31ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށަހެޅުއްވާ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2024 ޖެނުއަރީ 31ވާ ބުރާސްފަތި ދުވަހުގެ 13:00ގައި، ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

                      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

23 ޖަނަވަރީ 2024