ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2024/8
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:36
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއެންދުމާއި ގުޅޭ

                                                   ނަންބަރ: (IUL)258/258/2024/8     

 

އިޢުލާން

    

ކުނި އެންދުމާއި ގުޅޭ.

            މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް ލިބިފައިވާ ފަރާތްތަކުން ދަނޑުބިންތަކުގައި ވަރަށްގިނަ ޢަދަދަކަށް ކުނިއަންދާ ދުންއެރުވުމުގެ ސަބަބުން ޞިއްޙީ މަރުކަޒުގައި އެޑްމިޓް ކޮށްފައި ތިބޭ ޙާލުބޮޑު ބަލިމީހުނަށް ވަރަށްބޮޑަށް އުނދަގޫވެ އަދި މުޅި އެސަރަޙައްދަށް ދުންފެތުރުމުގެ ސަބަބުން ޢާއްމުކޮށް ހުރިހާ ފަރާތްކަކަށް އެކަމުގެ އުނދަގޫ ތަހައްމަލް ކުރަންޖެހޭތީ، އެކަން އެގޮތަށް ނުކުރުމަށް ދަނޑުވެރިނަށް ތަކުރާރުކޮށް އެންގި ނަމަވެސް އެކަން ހުއްޓާލާފައި ނުވާތީދަންނަވަމެވެ. ރަށުގެ އެކި ސަރަހައްދު ތަކުގައާއި ގޯތި ގެދޮރާއި އާއްމު ތަންތަނުގައި ކުނި އެންދުމަކީ އެތައްފަހަރެއްގެ މަތިން މަނާކުރެވިފައިވާ ކަމެކެވެ.

            ވީމާ މިކަން އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12  ރަޖަބު   1445

23 ޖަނަވަރީ  2024

 

23 ޖަނަވަރީ 2024