ނީލަން
ނަންބަރު: GS43-A/2024/21
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 03 ފެބުރުވަރީ 2024 10:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަންކިއުން

މިސްކޫލްގައި ހުރި ބައުތަކެތި ނީލަންކިޔުމަށްޓަކައި ކުރެވުނު ނަމްބަރ: GS43-A/2024/06 އިޢުލާނާ ގުޅިގެން 20 ޖެނުއަރީ 2024 ވަނަ ދުވަހު އޮތް ނީލަމުގައި ނުވިކިހުރި ތަކެތި ހުރުމާއެކު އެތަކެތި ދެވަނަ ފަހަރަށް ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ޝަރަފުއްދީން ސްކޫލްގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 ން 13:00 ޝަރަފުއްދީނަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ޚާޟިރުގައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 03 ފެބުރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ 10:00 އަށް ޝަރަފުއްދީން ސްކޫލަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

23 ޖަނަވަރީ 2024