ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2024/11
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 29 ޖަނަވަރީ 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ، ޓެކްނީޝަން (ކ.ކުޑަގިރި)

ނަންބަރު:FNK/A/IUL/2024/11   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ސްޕަވައިޒަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އޮޕަރޭޝަން ސަރވިސް ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ކ.ކުޑަގިރި

މަސައްކަތް ކުރާތަން:

ދެފަރާތުން އެއްބަސްވާ ގޮތަކަށް

މުސާރަ:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،

(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ސްވަރޭޖް, ފެން ޕްލާންޓް ރޫމް، އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓުން އުފައްދާ ފެނުގެ ފެންވަރު (ކޮލިޓީ) ބެލުމަށްޓަކައި މަހަކު އެއްފަހަރު ފެނުގެ ސާންޕަލް މާލެ އަށް ފޮނުވައިގެން ތަހްލީލް ކުރުން.
  • ފެން ޕްލާންޓުން އުފައްދާ ފެނުގެ ފެންވަރު (ކޮލިޓީ) ބެލުމަށްޓަކައި މަހަކު އެއްފަހަރު ފެނުގެ ސާންޕަލް މާލެ އަށް ފޮނުވައިގެން ތަހްލީލް ކުރުން.
  • ޑިއުޓީ ކުރަން ޖެހިއްޖެ ހާލަތެއްގައި ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކޮށްފައިވޭތޯ  އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކޮއްފައިވޭތޯބެލުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، ރިޕޯރޓް ކުރެވުމުން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، ސަވަރޭޖް، ފެން އަދި ކަރަންޓް ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓެމުން ގެންދޭތޯ ބަލައި ޗެކްކުރުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރަމުން ގެންދޭތޯ ބެލުން. މިގޮތުން އަޑީތެޔޮ ބަދަލުކުރޭތޯ ބެލުމާއި، ފިލްޓަރުތައް ބަދަލުކުރޭތޯ ބެލުމާއި، ޑީސަލް ޓެންކުގެ ޑީސަލް ހަމަތޯ ބެލުމާއި، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރޭތޯ ބެލުމާއި، ޑައިނަމޯ ސާވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް ބަލަހައްޓަމުން ގެންދޭތޯ ބެލުމާއި، މުއްދަތު ހަމަވޭތޯބަލާ ޗެކްކުރުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން. އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރޭތޯ ބެލުން.
  • ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
  • ޙިދުމަތެއް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ސްވަރޭޖް ނެޓްވޯރކާއި ގުޅިފައިވާ ސަބްސްޓޭޝަންތަށް ބެލެހެއްޓުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ ޙިދުމަތްތައް ފޯރުކޮށް ދިނުން.
  • ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ޖަނަރޭޓަރަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  • ޙިދުމަތްދޭ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަރާމާތުކުރުމާއި، އަޕްގްރޭޑިންގ މަސައްކަތްތައް ރާވާ ހިންގުން.
  • ސްވަރޭޖްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ހިންގުން.
  • އިންޖީނުގޭގައި ޑިއުޓީ ކުރަންޖެހިއްޖެ ހާލަތެއްގައި ޑިއުޓީ ކުރުން.
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • ޓެކްނިކަލް ގޮތުން ތައްޔާރުކުރަންޖެހޭ ހުރިހައިރިޕޯރޓްތަކެއްތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
  • މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
  • މުވައްޒަފުންނާއި ގުޅޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ޓެކްނީޝަން

މަޤާމް:

07 (ހަތެއް)   

ބޭނުންވާ އަދަދު:

އޮޕަރޭޝަން ސަރވިސް ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ކ.ކުޑަގިރި

މަސައްކަތް ކުރާތަން:

ދެފަރާތުން އެއްބަސްވާ ގޮތަކަށް

މުސާރަ:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ފެން ޕްލާންޓް ރޫމް، އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • މަގުމަތީގައި ހުންނަ މެއިންހޯލްތަކާއި ގޭގޭގައި ހުންނަ ޖަންގްޝަންތައް ސާފުކޮށް ބެލެހެއްޓުން.
  • ފެން ޕްލާންޓުން ފެން ހެދުމަށް ލޮނު ނެގުމަށް ބޭނުންކުރުމަށް މޫދުގައި ބެހެއްޓިފައިވާ ބީޗްވެލް (ވަޅު ބުރި) ނުވަތަ ބޯހޯލް (ބިމު އަޑިން ތޮރުފައިގެން ފެން ނަގައި ވަޅު) ބަލައި ޗެކްކުރުން.
  • ފެން ޕްލާންޓަށް ލޮނު ވެއްދުމަށް ބޭނުންކުރާ ފިލްޓަރުތައް ވަގުތު ޖެހުމުން ސާފުކުރުމާއި ބަދަލުކުރަން ޖެހުމުން ބަދަލުކުރުން.
  • ފެން ޕްލާންޓުން ފެން ހެދުން ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ރީތިފެނުން ޕްލާންޓް ދޮވުމާއި އަދި އެއްދުވަހަށް ވުރެ ދިގުމުއްދަތަކަށް ހުއްޓާލަން ޖެހޭނަމަ ކެމިކަލުން ޕްލާންޓް ދޮވުން.
  • ފެން ޕްލާންޓްއިން އުފައްދާ ބޯފެނުގެ ފެންވަރު (ކޮލިޓީ) ބަލައި ޗެކްކުރުން އަދި ފެނުގެ ފެންވަރު (ކޮލިޓީ) ބުއިމަށް ބޭނުން ކުރާ ވަރަށް ވުރެ ދަށްވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސްޕަވައިޒަރަށް އެންގުން.
  • ފެން ރައްކާކުރާ ސްޓޯރޭޖް ޓޭންކް ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކުރުން، މިގޮތުން ތާނގީގެ އެއްވެސް ތަނަކުން ފެން ލީކުވޭތޯ ބެލުމާއި ޓޭންކުގެ މަތިތައް ހުރީ ރަނގަޅަށް ޖެހިފައިތޯ ބަލައި ޗެކްކުރުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގާ، ޕަމްޕް ސްޓޭޝަންތައްތަކާއި ފެންޕްލާންޓްތައް ހިންގާ އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް  މައްސަލައެއް  ދިމާވެފައިވޭތޯ  ބެލުމާއި، އެހެނިހެން  ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް  ދިމާވެފައިވާނަމަ،  ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް  ސަމާލުކަން  ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުން. މިގޮތުން އިންޖީނު ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތައް ކުރުން. މިގޮތުން ފެން ޕްލާންޓަށް ބޭނުންކުރާ އިންޖީނުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ޑީސަލް ޓޭންކުގެ ޑީސަލް ހަމަތޯ ބެލުމާއި، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން، ޑައިނަމޯ ސަރވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް، މުއްދަތު ހަމަވޭތޯބަލާ ޗެކްކުރުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން. އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރުން.
  • ޑިއުޓީތަކާ ހަވާލުވާ މުވައްޒަފުން ރޫޓިންކޮށް ކުރަންޖެހޭ ތެޔޮބަދަލުކުރުމާ، ތެޔޮ ހަމަކުރުންފަދަ ކަންކަން ނުކުރުމުގެ ސަބަބުން އެ މުވައްޒަފެއްގެ އިޙުމާލުން ޖަނަރޭޓަރސެޓަށް ގެއްލުންތަކެއްވެއްޖެނަމަ އެކަން ކުންފުނިން ބެލުމަށްފަހު އެކަމަކީ އެ މުވައްޒަފެއްގެ އިޙުމާލުން ވެފައިވާ ކަމެއްނަމަ އެ ގެއްލުންތަކަށް އެ މުވައްޒަފަކު ޒިންމާވުން.
  • ޑިއުޓީގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
  • ޑިއުޓީގައި ތަނަކުން ޙިދުމަތެއް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކޮންމެމަހެއްގެ ވެސް ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • ކުންފުނިން ފޯރުކޮށްދޭ ކަރަންޓް، ނަރުދަމާ އަދި ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އިންޖީނުގޭގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ތަން ހިންގުމަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން  ކުރަންޖެހޭ  މަސައްކަތްތައް  ކުރުމާއި، ތަނުގައި  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޖަނަރޭޓަރ އޯވަރހޯލް ކުރުމާއި، މަރާމާތުކުރުމާއި، ޑައިނަމޯ ސާރވިސް އަދި އިންޖީން ރޫމްގައި ކުރެވޭ އެންމެހައި މެއިންޓެނެންސް މަސައްކަތްތައް ކުރުމުގައި ބްރާންޗުން އަންގވާ ގޮތެއްގެމަތިން އެމަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  • މުޅިރަށުން ކަރަންޓް، ފެން ނުވަތު ފެނުގެ ޙިދުމަތް ކެނޑުންފަދަ ޚާއްސަ ޙާލަތްތަކުގައި ބްރާންޗްގެ އިސްވެރިން  އަންގަވާ ގަޑިތަކުގައި ޙާޟިރުވެ ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވުން. 
  • އިންޖީނުގެއާއި، ސްވަރޭޖް އަދި ވޯޓަރގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި އިންޖީނުގޭގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް  ކުލައާއިދަވާދުލުމާއި  މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
  • ކުންފުނީގައި އިސްކޮށް ތިއްބަވާ މުވައްޒަފުން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއިއެކު އެހީތެރިވެ ދިނުން.
  • ކުންފުނީގެ ޚިދުމަތްތައް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި  ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.

މަޤާމުގެ މަސައްކަތްތައް:

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

11 ރަޖަބު 1445

23 ޖަނަވަރީ 2024

 

23 ޖަނަވަރީ 2024