ދިވެހިރާއްޖެ
ނަމްބަރ: (IUL)MRH-MNT/MRH/2024/5 އިޢުލާން
މުލީ ރީޖަނަލް ހޮސްޕިޓަލްގައި ކުރަންހުރި ބައެއްމަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.
މިހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/18ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން 19/2014ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ހޮސްޕިޓަލްގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.ރަޖިސްޓްރީވާ ފަރާތްތަކަށް 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މައުލޫމާތު ސީޓް މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަންފޮނުވާ މެއިލްގައި ހިމަނަންޖެހޭ މައުލޫމާތު.
- އިއުލާން ނަންބަރު(ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓުގައި ލިޔުމަށް)
- މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން
- ރަޖިސްޓްރީ ނަމްބަރ
- އީމެއިލް އެޑްރެސް
- ގުޅޭނެ މޯބައިލް ނަންބަރު
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 11:00ގައި މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައެވެ.ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 06 ފެބްރުއަރީ 2024ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން 7937449/6720605 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
23 ޖަނަވަރީ 2024