ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/113
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 06 އޭޕްރިލް 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްލާސްޓިކު ގޮނޑި ގަތުމަށް

ޕްލާސްޓިކު ގޮނޑި ގަތުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2014/226) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ތަކެތީގެ ތެރެއިން ތިރީގައި މިދަންނަވާ ފަރުނީޗަރަށް ހުށަހެޅި ސާމްޕަލްގެ ކޮލިޓީ ދަށްވެފައިވާތީ، އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.

2000 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

100 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

06 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:00 އަށް

12 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015